ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސް ޖަމާކޮށްދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި އެ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 18،600ރ. ވަނީ ލިބިފަ އެވެ. މިއީ ބޯނަސްގެ ގޮތުގައި މި އަހަރު އެންމެ ބޮޑު އަދަދެއް ލިބޭ މުވައްޒަފުންނަށް ލިބޭނެ އަދަދެވެ.
ތަފްސީލް - ބޯނަސްގެ ގޮތުގައި ފައިސާ ދެނީ އެ މުވައްޒަފަކު މި އަހަރުގެ ތެރޭ ކުންފުންޏަށް ހިދުމަތްކުރި މުއްދަތަށް ރިއާޔަތްކުރުމަށް ފަހު އެވެ.
މިދިޔަ އަހަރު އެ ކުންފުނީގެ މުވައްޒަފުންނަށް 10،000ރ ބޯނަސްގެ ގޮތުގައި ދިނެވެ.
ފާހަގަ ކުރެވޭ - ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ފައިސާދެ އެވެ. އެގޮތުން އެމްއޭސީއެލް އިން ވަނީ 25،000ރ. އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދީފަ އެވެ.
އެޗްޑީސީގެ މުވައްޒަފުންނަށް 18،600ރ. ބޯނަސް އަށް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ