ޑިސެންބަރު 4 އަށް މަޖިލީޙުގެ ދައުރު ދަންމާލަނީ
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވައިފި އެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލިސް ގަވާއިދު ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހެނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ.ނަމަވެސް މަޖިލީހުގައި ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން ދައުރު ދަންމާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.އެހެންވެ މަޖިލީހުގެ މި ހިނގާ ތިން ވަނަ ދައުރު އަންނަ މަހުގެ 4 އާ ހަމައަށް ދަންމާލުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އައްސަވާނެ ކަމަށް މަޖިލީހުގެ ވިދާޅުވި އެވެ.ބެލެވޭ ގޮތުގައި މި ދައުރު ދަންމާލަން މަޖިލީހުން ފާސްކުރަން މަސައްކަތް ކުރަނީ, އަތޮޅު ކައުންސިލްތައް އުވާލަން ކަމާގުޅުންހުރި ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކުގެ މަސައްކަތް ނިންމުމަށެވެ.އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުން "އަތޮޅު ކައުންސިލް"، މި ލަފުޒު އުނިކުރުމަށާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުންވެސް "އަތޮޅު ކައުންސިލް"، މި ލަފުޒު އުނިކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެވެ.މީގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން މުޅި އަތޮޅު ކައުންސިލްގެ ބާބު އުނިކުރުމަށާއި، އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ރަށު ކައުންސިލްތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ރިޕޯޓުކުރަން ޖެހޭ ގޮތް ހެދުމަށާއި، 2،000 މީހުންނަށްވުރެ އާބާދީ މަދު ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ތިނަކަށް މަދުކުރަން ހުށަހަޅާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ