ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމު ޖީލެއްގެ ތެރޭ ޔޫރަޕްގައި ކުޅުނު ފުރަތަމަ މެޗު ސްޕޭންގައި، ފެނުނީ ގާޒާ އަށް އޮތް ލޯބި

ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމުން ޖީލެއްގެ ތެރޭގައި ޔޫރަޕްގައި ކުޅުނު ފުރަތަމަ މެޗު، މިދިޔަ ހޮނިހިރު ދުވަހު ސްޕެއިންގެ ބިލްބާއޯގައި، ސަން މަމޭސް ސްޓޭޑިއަމްގައި ބާސްކް ކަންޓްރީއާ ދެކޮޅަށް ކުޅެފިއެވެ.
އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމުގައި އިސްރާއީލާ ދެކޮޅަށް އަޑުއުފުލުން އެންމެ ގަދަވެފައިވާ އެއް ގައުމަކީ ސްޕޭނެވެ. މި މެޗުން ވެސް ވަނީ ސްޕޭން އާންމު ރައްޔިތުންގެ ހިތުގައި ގާޒާ އަށް އޮތް ލޯބި ދައްކާލަދީފައެވެ. މި މެޗު ޢިއުލާން ކުރުމާއެކު މެޗުގެ ޓިކެޓް ވަނީ ވިކި ހުސްވެފައެވެ.
މި މެޗު އިންތިޒާމްކުރި ފަރާތުން ވެސް ބުނެފައި ވަނީ މި މެޗަކީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ސިޔާސީ ގޮތުން ފުން މާނައެއް އެކުލެވޭ، ފަލަސްތީނަށް ވަރުގަދަ ތާއީދެއް ފާޅުކުރުމުގެ ގޮތުން ކުޅުނު މެޗެއްކަމަށެވެ.
އެތްލެޓިކް ބިލްބާއޯގެ ދަނޑު، ސަން މަމޭސް ސްޓޭޑިއަމްގައި ބޭއްވުނު މި ރަޙުމަތްތެރިކަމުގެ މެޗަށް 50,000 އަށްވުރެ ގިނަ ޓިކެޓް ވަނީ ވިކި ހުސްވެފައެވެ. މެޗުގެ ކުރިން، އިޒްރޭލުގެ ނަސްލު ނައްތާލުމުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ޝަރަފުވެރިކަން ދިނުމުގެ ގޮތުން ފަލަސްތީނު ކުޅުންތެރިން ދަނޑަށް ނުކުތީ ކުޑަކުދިންނާ އެކުގައެއްނޫނެވެ. ކޮންމެ ކުޅުންތެރިއަކު އަތުގައި އޮތީ ފިނިފެންމަލެކެވެ.
މެޗު ބަލަން ދަނޑަށް ޖަމާވި ކުޅިބަލާ މީހުން ތިބީ ފަލަސްތީނުގެ ދިދަތަކާއި ސްޕެއިންގެ އުތުރުގައިވާ ބާސްކް ސަރަހައްދުގެ ދިދަތައް ހިފައިގެންނެވެ. މީގެ އިތުރުން، މެޗުގެ ކުރިން އެތައް ހާސް މީހުންނެއް ވަނީ ދިދަތައް ހިފައިގެން މަގުމަތީގައި ހިނގާފައެވެ. މިއީ ސްޕެއިންގެ ރައްޔިތުން ގާޒާގައި ހިނގަމުންދާ ހަނގުރާމާގައި ގާޒާ އާއިއެކު ތިބިކަން އަންގައިދޭ ކަމެކެވެ.
ސްޕެއިންގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި ހަމާސްގެ ހަމަލާއަށް އިޒްރޭލުން ދިން އަސްކަރީ ޖަވާބާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވާފަވެއެވެ. ބިލްބާއޯއަކީ ސެޕްޓެމްބަރުގައި ސްޕެނިޝް ވުއެލްޓާގައި އިޒްރޭލަށް ނިސްބަތްވާ ސައިކްލިންގ ޓީމަކާ ދެކޮޅަށް ބޭއްވުނު ބޮޑެތި މުޒާހަރާތައް އޮތް ފުރަތަމަ ތަނެވެ.
ބާސްކް ޓީމުގައި ހިމެނެނީ އެތްލެޓިކް އަދި ރިއަލް ސޮސިއެދާދްގެ ކުޅުންތެރިންނާއި އެހެނިހެން ޕްރޮފެޝަނަލް ޓީމުތަކުގެ ކުޅުންތެރިންނެވެ. ސްޕެއިންގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން މި މެޗުގައި ބައިވެރިނުވީ ވޯލްޑް ކަޕް ކޮލިފައިންގ މެޗެއްގައި ކުޅެމުންދާތީއެވެ.
ފަލަސްތީނު ޓީމުން އަންނަ އަންގާރަ ދުވަހު ސްޕެއިންގެ އިރުމަތީ އުތުރުގައިވާ ކެޓަލޯނިއާ ސަރަހައްދުގެ ކުޅުންތެރިންގެ ޓީމަކާވެސް ބާސެލޯނާގައި ކުޅޭނެއެވެ. މި މެޗުތަކަކީ ގާޒާގެ ރައްޔިތުންނަށް ދުނިޔޭގެ ސަމާލުކަން ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ