ތިން ދަތެއް ނެގި އަންހެނަކު އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން މަރުވި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
މިދިޔަ ނޮވެމްބަރު 15 ވަނަ ދުވަހު، ހުޅުމާލޭގައި ހުންނަ ކްލިނިކަކުން ތިން ދަތް ނެގިތާ ގިނަ އިރުތަކެއް ނުވެ މަރުވީ، ސ. ހިތަދޫ، ހަދީޖާ ސަލީމް، 60، އެވެ.
އެ އާއިލާއިން މި މައްސަލަ ހެލްތު މިނިސްޓްރީ އަށް ހުށަހަޅާފައިވާކަން އެ މިނިސްޓްރީގެ މީޑިއާ އޮފިސަރު ފާތިމަތު ޝޫބާ އަދަދު އަށް ކަށަވަރުކޮށްދެއްވި އެވެެ. އެކަމަކު، މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީވެ، އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަދީޖާ ސަލީމްގެ ދަތް ނެގީ ހުޅުމާލޭގައި ހުންނަ އޯރާ ކެއާ ޑެންޓަލް ކްލިނިކުން ކަމަށް، އޭނާގެ ފިރިމީހާ އަދުނާން އިބްރާހިމް ބުންޏެވެ.
"އަންހެނުންގެ ހާލު ގޯސްވީ ދަތް ނަގުމަށް ފަހު އައިސް ކްރީމް ބޯން ގޮސް އިންދާ. ދަތް ނެގިތާ އޭރު ވިއްސަކަށް މިނެޓު ވެސް ނުވާނެ. ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ގިނަ އިރުތަކެއް ނުވެ މަރުވީ،" އޭނާ ބުންޏެވެ.
ހަދީޖާ ސަލީމް، ހަކުރު ބައްޔަށް އަދި ތައިރޮޑު ބައްޔަށް ފަރުވާ ކުރަމުން ދިޔަ ކަމަށް އަދުނާނު ބުންޏެވެ. އަދި ލޭމައްޗަށް ދާތީ ބޭސް ބޭނުންކުރަމުން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
ކްލިނިކަކުން ތިން ދަތް ނެގި އަންހެނަކު ކުއްލިއަކަށް މަރުވި މައްސަލައެއް ބަލަން ފަށައިފި ކްލިނިކަކުން ތިން ދަތް ނެގި އަންހެނަކު ކުއްލިއަކަށް މަރުވި މައްސަލައެއް ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ