ހުޅުމާލޭ މަގެއް މަތީ ކާރެއްގައި ރޯވެ، ގެއްލުންތަކެއް

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ މަގެއް މަތީގައި، ކާރެއްގައި ރޯވެއްޖެއެވެ. އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯއިން ފެންނަނީ ހުދު ކުލައިގެ ކާރެއްގައި ރޯވެފައިވާ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ރޯވެފައި ވަނީ، ކާރުގެ އިންޖީނާ ދިމާލުންނެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފް ފަޔާ ފައިޓަރުން އަލިފާން ނިއްވަން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ. އެ ހާދިސާއާ ގުޅޭ ގޮތުން 'ސަން'އިން ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ، އެފަދަ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށެވެ. އެހެންވެ، ކާރުގައި ރޯވާން ދިމާވި ސަބަބެއް ނުވަތަ މީހަކަށް ގެއްލުމެއް ވިކަމެއް ސާފެއް ނުވެއެވެ. https://sun.mv/200663 މީގެކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން، މިދިޔަ ޑިސެމްބަރު 24ގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ، ހިތިގަސްމަގުގައި ޕާކުކޮށްފައި އޮތް ޓެކްސީއެއްގައި ރޯވިއެވެ. އޭގެކުރިން ހަމަ އެ މަހުގެ 11ގައި މާލޭ މޭރީބްރައުން ކުރިމަތީ ޕާކުކޮށްފައި އޮތް ކާރެއްގައި ވެސް ރޯވިއެވެ. މި ހާދިސާތަކުގައި މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް، ކާރަށް ވަނީ ގެއްލުންތައް ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ