މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ވަނީ ބ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ ހެނދުނު 08:30 ހުން ފެށިގެން 13:30 ހަށެވެ. މެޓުން ބުނީ ވައިޓް އެލާޓް ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނޭކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ސާދަވަނަ ނަކަތް ކަމަށްވާ "ހިތަ"ނަކަތެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރިނަމަވެސް އާއްމުގޮތެއްގައި ކަނޑުތައް މަޑުވާނޭކަމަށް ނަކަތް ދަންނަ މީހުން ބުނެއެވެ. މި ނަކަތުގައި މަސްވެރިކަން ޢާންމުގޮތެއްގައި ރަނގަޅަށް ހުންނައިރު، މަސްއައިންތައް އަތޮޅުތަކާ ކައިރިން ފެންނާނެއެވެ.
މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ