ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގައި މިހާރު ކުޅެމުން އަންނަ ސައުތު މާލެ ޒޯން ބުރުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސައި ލެގޫން މޯލްޑިވްސް ކުރީއޯ ކަލެކްޝަން ބައި ހިލްޓަން އިން ހޯދައިފި އެވެ.
އިއްޔެ ކުޅުނު ސެމީ ފައިނަލް ފުރަތަަމަ މެޗުގައި ސައި ލެގޫން އިން ވަނީ 3-1 އިން ވެލައްސަރު މޯލްޑިވްސްގެ މައްޗަށް ކުރިހޯދައިފަ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު، އިއްޔެގެ ސެމީ ފައިނަލުަގައި ފުރަަތަމަ ގޯލު ޖެހީ އަށް ވަނަ މިނިޓްގައި ސައި ލެގޫންގެ ޝައްފާން ހަލީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ޝައްފާން އެވެ. ސައި ލެގޫންގެ އަނެއް ދެ ލަނޑު ޖެހީ، ޝަރްހަބީލް އިބްރާހިމް އެވެ.
މެޗުގައި ވެލައްސަރުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަލީ އިމްރާން މުހައްމަދު އެވެ.
މުބާރާތުގައި އިއްޔެ ކުޅެން އޮތް ސެމީ ފައިނަލުގެ އަނެއް މެޗު ކަމަށްވާ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އާއި ހާޑްރޮކް ހޮޓެލް މޯލްޑިވްސްގެ ކުރިމަތިލުން ވަނީ ވިއްސާރައިގެ ސަބަބުން ފަސްކޮށްފަ އެވެ.
ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ފައިނަލުގެ ފުރަތަމަ ޖާގަ ސައި ލެގޫން އަށް ރިސޯޓް ލީގު ސައުތު މާލެ ޒޯންގެ ފައިނަލުގެ ފުރަތަމަ ޖާގަ ސައި ލެގޫން އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ