ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް، ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤްސަދުގައި 31 މަޝްރޫޢުއެއް ކުރިއަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބަސެލޯ ނަސަންދުރާގައެވެ. މި ރަސްމިއްޔާތުގައި ތަޢުލީމީ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިސްވެރިންނާއި، މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ސްކޫލްތަކުގައި އިތުރު ކްލާސްރޫމްތައް ތަރައްޤީކުރުމާއި، މަލްޓިޕާޕަސް ހޯލްތަކާއި، ސައިންސް ލެބްތައް ޤާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ބައެއް ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމާއި، ވަށާފާރު ރޭނުމުގެ މަސައްކަތްތަކާއި، ސްކޫލްތައް މަރާމާތުކުރުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ.
ތަޢުލީމީ ދާއިރާގެ ބައެއް މުހިންމު މަޝްރޫޢުތަކުގެ ތަފްސީލުތައް ތިރީގައި މިވަނީއެވެ:
އޭއައިޖީ އިންވެސްޓްމަންޓް: ރ. އުނގޫފާރު ސްކޫލްގައި 8 ކްލާސްރޫމް ތަރައްޤީކުރުމާއި، ތ. ކަނޑޫދޫ ސްކޫލްގެ ވަށާފާރު ރޭނުމާއި އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން.
އަލިތޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް: ލ. ހިތަދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.
އަލިތޯ އިންވެސްޓްމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް: ރ. ރަސްގެތީމްގައި 8 ކްލާސްރޫމްއާއި މަލްޓިޕާޕަސް ހޯލު ތަރައްޤީކުރުން.
ސެންޓަލޭންޓް ޕްރައިވެޓް ލިމިޓެޑް: ށ. ފުނަދޫ ސްކޫލްގެ އެޑްމިން ބްލޮކް ޤާއިމްކުރުން.
އިވޯކާ ޕްރައިވެޓް ލިމިޓެޑް: ލ. އިސްދޫ ސްކޫލްގައި 5 ކްލާސްރޫމް ތަރައްޤީކުރުމާއި، 10 ސްކޫލްގައި ފުޓްސަލް ޓާފް އެޅުމުގެ މަސައްކަތް.
ފްލެކްސިންކް ޕްރިވެޓް ލިމިޓެޑް: ނ. ކުޑަފަރީ ސްކޫލްގައި ސައިންސް ލެބަކާއި 6 ކްލާސްރޫމް ތަރައްޤީކުރުން، ބ. ކުޑަރިކިލު ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން، ތ. ދިޔަމިނގިލި ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން، އަދި ރާއްޖެގެ 50 ސްކޫލްއެއްގައި މަރާމާތުކުރުމުގެ މަސައްކަތް ކުރުން.
ހެވީފޯސް ޕްރައިވެޓް ލިމިޓެޑް: ށ. ނަރުދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލްއާއި ކްލާސްރޫމް ތަރައްޤީކުރުން، ވ. ފެލިދޫގައި ހުރި ވ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 4 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުން، އަދި ތ. ކިނބިދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލްއާއި 4 ކްލާސްރޫމް ތަރައްޤީކުރުން.
ނޫފަރު އެންޓަރޕްރައިސް ޕްރައިވެޓް ލިމިޓެޑް: ކ. ހުރާ ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން، ފ. މަގޫދޫ ސްކޫލްގައި ހޯލްއާއި ފެސިލިޓީސް ތަރައްޤީކުރުން، އަދި ތ. ވަންދޫ ސްކޫލްގައި 5 ކްލާސްރޫމް ތަރައްޤީކުރުން.
އޮޕްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް: ހދ. ނެއްލާދޫގެ އައު ސްކޫލް އިމާރާތް ތަރައްޤީ ކުރުމާއި، ޅ. ނައިފަރު މަދަރުޞަތުލް އިފްތިތާޙްގައި 10 ކްލާސްރޫމްއާއި 2 ސައިންސް ލެބް ތަރައްޤީކުރުން.
ސޮލެކްސް ޕްރައިވެޓ ލިމިޓެޑް: ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅުގެ ސްކޫލްގެ އޮފީސް އިމާރާތް ތަރައްޤީކުރުން، ނ. ވެލިދޫގައި ހުންނަ ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 8 ކްލާސްރޫމްއާއި ލައިބްރަރީ ޤާއިމްކުރުން، ދ. ބަނޑިދޫ ސްކޫލްގައި 8 ކްލާސްރޫމްއާއި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން، ގދ. ގައްދޫގައި ހުންނަ ގދ. އަތޮޅު މަދަރުސާގައި ސެން ކްލާސްރޫމް ތަރައްޤީކުރުން، އަދި ރާއްޖޭގެ 15 ސްކޫލްއެއްގައި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުން.
ވަލީދު ކޮންސްޓްރަކްޝަން: އއ. މާޅޮހު ސްކޫލްގައި ކްލާސްރޫމްއާއި ސައިންސް ލެބް ތަރައްޤީކުރުން.
މީގެ އިތުރުން، މަތީ ތަޢުލީމު ދޭ ދެ މަރުކަޒެއް ތަރައްޤީކުރުމުގެ މަސައްކަތް ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އާ ވަނީ ހަވާލުކުރެވިފައެވެ. މި މަޝްރޫޢުތަކަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރިއެރުން ގެނެސްދީ، ދަރިވަރުންނަށް ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅުތަކެކެވެ.
ތަޢުލީމީ ދާއިރާގެ 31 މަޝްރޫޢުއެއް ކުރިއަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ