ހޯކްސްގެ ތެއޮ ޓޭންކަރެއްގައި ވަގަށް ސިނގިރޭޓްތަކެއް އެތެރެކުރި މައްސަލާގައި ވަކިކުރި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.
އެ ކޮމެޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ރައީސަށް ލަފާއަރުވަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ބައްދަލުވުމުގައެވެ. އަދި ކޮމިޓީގެ އެ ނިންމުން އާންމު ކުރަން ވެސް މިރޭގެ ބައްދަލުވުމުގައި ނިންމި ކަމަށް ބަޔާނުގައި ވެއެވެ.
އެ މައްސަލައިގައި ކަސްޓަމްސްގެ ޑެޕއިުޓީ ކޮމިޝަނަރުކަމުން ރިޔާޒާއި އެކު ވަކިކުރަން ނިންމީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދެވެ. އެކަން އިއުލާނު ކުރެއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ.
އެގޮތުން އެ މައްސަަލައިގައި ކަސްޓަމްސް ގެ އިތުރު 3 މުވައްޒަފަކަށް ވެސް ފިޔަވަޅުތައް އެޅުމަށް އެ އިދާރާއަށް އަންގަވައިފައިވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒްގެ މަގާމު އިޔާދަކުރަން ކޮމެޓީން ލަފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ