ކުޅޭނެ ވަސީލަތެއް ނެތް ރާއްޖެއަށް ޔޫއޭއީ އަތުން ބޮޑު ބައްޔެއް
ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި މިހާރު ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމު ޔުނައިޑެޓް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން 43 ޕޮއިންޓުގެ ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ. މި މުބާރާތުގައި އިއްޔެ ކުޅުނު ރާއްޖޭގެ ފިރިހެން ޓީމުގެ ފުރަތަމަ މެޗުގައި، މެޗު ފެށިގެން ފުރަތަމަ ލީޑް ނަގާ ކުރި ހޯދީ ޔޫއޭއީންނެވެ. މެޗުގެ ފުރަތަމަ ހާފްގެ ފަސް މިނިޓް ނިމުނު އިރުގައި ކުރީގައި އޮވެގެން ކުޅެމުންދިޔައީ ޔޫއޭއިންނެވެ. އަދި ރާއްޖޭގެ މުހައްމަދު އަސްލަމް ކުރި ފައުލްއަކާ ގުޅިގެން ދެ މިނެޓަށް އޭނާވަނީ ކޯޓުން ބޭރުކޮށްފައެވެ. މެޗުގައި ކުރިއަށް ދިއުމަށް ރާއްޖެއިން ވަރަށް ގިނަ ގޮތް ގޮތުން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ޔޫއޭއީގެ ކުޅުންތެރިންގެ ވަރުގަދަކަމާ ހެދި ގޯލު ޖެހުމަށް ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. މެޗުގައި އެންމެ ބޮޑު ތަފާތަކަށް ފެނުނީ ޔޫއޭއީގެ ކުޅުންތެރިންގެ ހަވުލިކަމާއި ވަރުގަދަކަމެވެ. ގިނަ ގޯލުތައް އެޓީމުން ޖަހާފައިވަނީވެސް އެ ހަލުވިކަން ބޭނުންކޮށް، ކައުންޓާ އެޓޭކްތަކުގައެވެ. ރާއްޖެއިން ގޯލު ޖެހުމަށް އެންމެ ބޮޑު ހުރަހަކަށްވީ ޔޫއޭއީގެ ޑިފެންސްއެވެ. ޔޫއޭއީގެ ޑިފެންސް ފެނިގެން ދިޔައީ ވަރަށް ބޮޑަށް އޯގަނައިޒްކޮށެވެ. ރާއްޖެއާއި ޔޫއޭއީ ބައްދަލުކުރި ހޭންޑްބޯޅަ މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ މެޗުގެ ފުރަތަމަ ހާފުގެ 15 މިނިޓްގެ ކުޅުން ނިމުނުއިރު، ރާއްޖެއަށް ގޯލު ޖެހުމަށް ތިން ޕެނަލްޓީ ލިބުނުނަމަމަވެސް ޕެނަލްޓީތަށް ކާމިޔާބު ކުރެވޭ ގޮތެއްވެސް ނުވިއެވެ. ޔޫއޭއީގެ ގޯލަށް ފޮނުވާލި މަދު ހަމަލާތަކުގެ ހުރަކަށްވީ ޔޫއޭއީގެ ގޯލް ކީޕަރު ސަލިމްއެވެ. މިހާފްގައި ޔޫއޭއީ ޓީމުގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނިގެންދިޔައީ އެޓީމުގެ ސައިފުގެ ފަރާތުންނެވެ. މިހާފްގައި ރާއްޖޭގެ އަބްދުﷲ ނާޖީ ކުރި ފައުލަކާއި ގުޅިގެން އޭނާއަށްވަނީ ރަތް ކާޑު ދައްކާ ކޯޓުން ފޮނުވާލާފައެވެ. ފުރަތަމަ ހާފްގައި ރާއްޖޭގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗްގެ 22 ވަނަ މިނެޓްގައި އަހުމަދު ރައުލެވެ. ކުޅުމަށް ގެނައި ބަދަލުތަކާއެކު ރާއްޖެއިން ގާތް ގާތުގައި ތިން ގޯލު ޖެހިއެވެ. މެޗުގެ ފުރަތަމަ ހާފް ޔޫއޭއިން ކާމިޔާބުކޮށްފައިވަނީ 27 ގޯލް ތިން ގޯލުންނެވެ. ރާއްޖެއާއި ޔޫއޭއީ ބައްދަލުކުރި ހޭންޑްބޯޅަ މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ މެޗުގެ ދެވަނަ ހާފް ފެށިގެން ވަރަށް ކުރީކޮޅުގައި ރާއްޖެއިންވަނީ ގޯލެއް ޖަހާފައެވެ. މި ގޯލްވެސް ޖަހާދީފައިވަނީ އަހުމަދު ރައުލް އައްސަދުއެވެ. މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ރާއްޖެއަށް ޔޫއޭއީގެ ގޯލް ފޫއަޅުވާލުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް ރާއްޖޭގެ ކުޅުން ރަނގަޅުކުރުމުގެ ނަތިޖާއެއްގެ ގޮތުން ދެވަނަ ހާފްގެ 10 ވަނަ މިނިޓްގައި ވަނީ ގޯލެއް ޖަހާފައެވެ. މިގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ރަޒުނީ މުހައްމަދުއެވެ. އަދި ދެވަނަ ހާފްގެ 14 ވަނަ މިނިޓުގައިވެސް ރަޒްނީ ވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ. ޖެހިގެން އައި މިނެޓުގައި ރާއްޖެއިން ޖެހި ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު އަސްލަމްއެވެ. ދެވަނަ ހާފްގެ މެދަކާއި ހަމައަށް ދިޔައިރު ޔޫއޭއީން ވަނީ 33 ޕޮއިންޓަށް ލީޑު ފުޅާކޮށްފައެވެ. ރާއްޖެއިން ލީޑު ފުޅާވިޔަނުދިނުމަށް ކުރަމުންދިޔަ މަސައްކަތަށް ހުރަސް އެޅިގެންދިޔައީ ރާއްޖޭން ލަނޑެއް ޖަހާއިރަށް ޖެހިޖެހިގެން ޔޫއޭއީންވެސް ލަނޑުތައް ޖަހަމުން ގެންދިއުމުންނެވެ. މި މެޗުގައި ރާއްޖެއިން ޖެހި 10 ވަނަ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިސްއެވެ. މެޗްގެ 21 ވަނަ މިނިޓްގައި ޔޫއޭއީއަށް ލިބުނު ޕެނަލްޓީއެއް ވަނީ ރާއްޖޭގެ ކީޕަރު އަހުމަދު އިނާޝް ވަރަށް ހުށިއާރުކަމާއެކު ދިފާޢުކޮށްފައެވެ. މިމެޗު ޔޫއޭއީން ކާމިޔާބުކޮށްފައިވަނީ 10–53 އިންނެވެ. މިމުބާރާތުގައި ރާއްޖޭގެ ފިރިހެން ހޭންޑް ބޯޅަ ޓީމުގެ މެޗެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ. އާދިއްތަ ދުވަހު ރާއްޖެގަޑިން މެންދުރު ދޭއް ޖަހާއިރު ރާއްޖެ ނިކުންނާނީ އިރާނާ ދެކޮޅަށެވެ. ރާއްޖޭގެ އެންމެ ގިނަ ކުޅުންތެރިން ތިބި މާލޭގައި ހޭންޑްބޯޅަ ކުޅޭނެ ކޯޓެއް ނެތެވެ. އެއާއެކު މި މުބާރާތުގައި ދިވެހި ޓީމުން ކުރިމަތިލަނީ އެ ގޮންޖެހުންތަކާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ