ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ހިތަދޫގެ ދެސަރަޙައްދެއްގައި އައުޓްޑޯ ޖިމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި މަތިކިޅި އިކޯގާޑަންއަށް ވަނުމަށް ފީ ނަގަން ފަށައިފި ރޯދަ މަހު ކަރަންޓު ބިލް ބޮޑުވީ ބޭނުންކުރާ މިންވަރު އިތުރުވުމުން: މުޢާޒު

ވޭތުވެ ދިޔަ ސަރުކާރުން އައްޑޫގެ ކަރަންޓް މައްސަލަ ޙައްލު ކުރުމަށް ކުރަމުން ދިޔަ މަސައްކަތް އަލުން ފަށައިގެން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަވަހަށް ޙައްލުކޮށްދެއްވުމަށް އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ޓިކެޓުގައި މޭޔަރު ކަން ހޯއްދަވައި ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ޢަލީ ނިޒާރު މިފަދައިން ގޮވާލެއްވީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށެވެ. ނިޒާރު ވިދާޅުވީ ގަޑިއަކުން ގަޑިއަކުން އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކަނޑަމުން ދިއުމުގެ ސަބަބުން ޢާންމު ފަރާތްތަކާއި ވިޔަފާރި ވެރިންގެ މުދަލަށް ގެއްލުންލިބި ދިރިއުޅުމަށް ތުރާ ލިބެމުންދާކަން ހިތާމައާއި އެކު ފާހަގަ ކުރައްވާކަމަށެވެ.
އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުންވަނީ ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފައެވެ. ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ) އާ މިމަސައްކަތް ޙަވާލު ކުރައްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ހައްލު ކުރުމަށް މަސައްކަތްކުރި ނަމަވެސް މިއަދާހަމައަށް ވެސް ހައްލު ނުލިބިއޮތް އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް، ކުރިއަށް އޮތް 20 ، 25 އަހަރަށް ލިބިގެން ދާނެ ކަމަށެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ޙައްލު ކުރުމަށްޓަކައި ފަންސާސް ހަތް މިލިއަން ޑޮލަރުގެ މި މަޝްރޫޢުގައި ވެވުނު އެއްބަސްވުމަކީ 30 މެގަވޮޓްގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކުރެވިގެންދާނެ ޕަވަރޕްލާންޓެއް ގާއިމް ކުރުމެވެ. ފޭސް ތަކަކަށް ބަހާލައިގެން އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ މި ޕްލާންޓްގައި 9.8 މެގަވޮޓްގެ ދެ ޖެންސެޓާއި 5.8 މެގަވޮޓްގެ ދެ ޖެންސެޓް އިންސްޓޯލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މުއާޒް ވިދާޅުވީ އެ ޕްރޮޖްކެޓް ނިމޭއިރު 50 މެވަގޮޓާ ހަމައަށް އަޕްގްރޭޑް ކުރެވޭ ވަރުގެ ކެޕޭސިޓީއެއް ހުރި ޕަވާޕްލާންޓެއް ހުންނާނެ ކަމަށެވެ. އެ މަސައްކަތާ އެކު، އައްޑޫގެ ރަށްތަކާ ވަކިން އޮންނަ ހުޅުމީދޫ ބްރިޖްގެ މަސައްކަތް ނިމުމުން އެ ރަށަށް ވެސް ކަރަންޓު ދޫކުރެވޭނެކަމަށް މުއާޒް ވިދާޅުވި އެވެ.
މި މައްސަލައާއި ގުޅޭގޮތުން ޕީއެންސީއިން ބޭއްވި ޖަލްސާއެއްގައި ފޭދޫ ދާއިރާގެ މެންބަރ އިބްރާހީމްދީދީ ވިދާޅުވީ އައްޑޫއިން ކަރަންޓް ދާ މައްސަލަ މި ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިހާލަތުގައި ވެސް މި މައްސަލަ ހައްލުކުރުމަށް ފަންސާސް ހަތް މިލިއަން ޑޮލަރުގެ މަޝްރޫއެއް ފެށުމަށް ސޮއިކޮށްފައި ވާކަމަށާއި ދޮޅު އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ފެށި އައްޑޫއަށް 32 މެގަވޮޓްގެ ކަރަންޓު ލިބިގެން ދާނެކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ދަނީ ކޮންމެ ދުވަހަކުވެސް ވަކި ގަޑިތަކެއްގައި އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުންނެވެ. މިމައްސަލައަށް ޙައްލެއް ނުލިބޭއިރު އައްޑޫގައި ފެނަކައިން ފޯރުކޮށްދޭ ފެނުގެ ޚިދުމަތް ކެނޑޭ މައްސަލައަށްވެސް ދާއިމީ ޙައްލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. މިހާރުވެސް ދަށް ޕްރެޝަރ ގައި ނުވަތަ އެކިގަޑިތަކުގައި ފެނުގެ ޚިދުމަތްވެސް މެދުކެނޑޭކަން ފާހަގަ ކޮށްލެއެވެ.
ފެނާއި ކަރަންޓު ކެނޑޭ މައްސަލައަކީ މިވަގުތު އައްޑޫގެ އެތައްބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. މިކަމުގެ ސަބަބުން އައްޑޫސިޓީގެ ރައްޔިތުންނާއި ވިޔަފާރި ތަކަށް ބޮޑެތި ގެއްލުންވެ ، ގިނަ ދަތިތަކާ ކުރިމަތި ލާން ޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ