މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ކުރީގެ މެމްބަރު ނިހާން

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް މަޖިލީހުގެ ކުރީގެ މެމްބަރު ނިހާން ހުސައިން މަނިކު އައްޔަނުކުރައްވައިފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އެ  އިދާރާގެ ބިއުރޯ ޗީފަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އައްޔަނުކުރައްވާފައިވަނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ކަމަށެވެ. 
ނިހާން އައްޔަނުކުރައްވާފައިވަނީ ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން ކަމަށާއި، ވަޒީފާއަށް ނިހާން އިއްޔެ ނުކުންނަވަން ފައްޓަވާފައިވާކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
Advertisement
ނިހާންގެ ކުރިން ބިއުރޯ ޗީފަކަށް ހުންނެވީ ފާތިމަތު މުޙައްމަދު ސޯލިހްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ