އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ނުދާ ކަމަށާއި އެ ގައުމުން ތަކުރާރުކޮށް ސަރުކާރުތައް މޮޔަ ހައްދާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު އެކްސްގައި ވިދާޅުވީ އިންޑިއާ އިން ސަރުކާރުތައް މޮޔަ ހެއްދުމުގެ ގޮތުން ކުރަމުންދާ ކަންކަމުގެ ތެރެއިން އަނެއްކާވެސް ކަމެއް ކޮށްލައި ސަރުކާރު މޮޔަ ހައްދައިފި ކަމަށެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
India has fooled our successive governments again & again. This new narrative that their military has left Maldives is utter nonsense. IndianMilitary is very much here. Indian Navy Helicopters, Donier aircraft, Radar Stations, Naval staff are here. Read my Op-ed coming tomorw.
— Umar Naseer (@UmarNaseerMV) May 10, 2024
އުމަރު މިގޮތަށް ވިދާޅުވީއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށްފަހު މިހާރު ވަނީ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނެސްފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ، ރިޔަސީ އިންތިހާބުގައި ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިނީ ރާއްޖޭގައި ތިބި ބިދޭސީ ސިފައިން ބާލަން ކަމަށާއި، އެ ވައުދު ފުއްދަވާނެ ކަމުގައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަކާއެކު ރައީީސް މުއިއްޒު ވަނީ އިންޑިއާ ސަރުކާރާ ގުޅިގެން އެ މަސައްކަތް ފައްޓަވާފައެވެ.
މިގޮތުން ދެ ގައުމު ގުޅިގެން ކުރި މަޝްވަރާތަކާއެކު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަސްވިއެވެ.
އިންޑިއާއިން ސަރުކާރުތައް މޮޔަ ހައްދައިފި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ