ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ!

ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
މިކަމާގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ "މިކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި" ކަމަށެވެ.
ސްޓެލްކޯއިން ވަނީ އައު ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ރައްޔިތުންގެ ކިބައިން އެކުންފިން ވަނނީ މަޢާފަށް އެދިފައެވެ.
ސްޓެލްކޯގެ ކޭބަލަތަކަށް ގެއްލުންދިނުމާއި ސަބްސްޓޭޘަންތަކަށް ގެއްލުންދީ ވައްކަން ކުރުމުގެ މައްސަލަތައް ގިނަވަމުން އަންނައިރު މިފަދަ ވައްކަމެއްކުރަން އުޅުނު މީހަކު ވަނީ ނިޔާވެފައެވެ. އެފަދަ ކަންކަމުގެ ސަބަބަބުން ރައްޔިތުންނަށް އަންނަނީ ބޮޑެތި ގެއްލުންތައް ލިބި ދަތިތައްވެސް ކުރިމަތިވަމުންނެވެ.  
މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައި. pic.twitter.com/kZ9goecigK
— Hussain Fahmy (@HussainFahmy09) July 2, 2024
މިކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި. އައު ކޭބަލެއް އަޅައި…
— STELCO (@STELCOMALDIVES) July 2, 2024
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ