ރާއްޖޭގައި މަރުގެ އަދަބު ދިނުމަކީ ފެންނަ ކަމެއް ނޫން: މައުމޫން

އެއްވެސް ސަބަބަކާއި ހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ނުފެންނަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.މޭޔަރުގެ މަގާމަށް ވާދަ ކުރާ ކެންޑިޑޭޓުންގެ މެދުގައި ރޭ ބޭއްވި ބަހުސުގައި "މަރުގެ އަދަބު ތަންފީޒު ކުރުމަކީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް" ކަމަށް އާޒިމާ ވިދާޅުވުމުން، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ތައުލީމީ މީހަކު ދައްކަންވާވަރުގެ ވާހަކައެއް ނޫން ކަމަށެވެ.މީގެ އިތުރުން އިސްލާމް ދީނުގައި މަރުގެ މަރަށް މަރު ހިފުމަކީ، ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން، ކުރަން އޮންނަ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ."އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން. އަދި އާންމުންގެ ތާއީދު ހޯދުމަށް ތިޔަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން،" މައުމޫން ވިދާޅުވި އެވެ.ރޭގެ ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅެންޖެހޭ ކަމަށާއި މަރުގެ އަދަބު ތަންފީޒު ކުރަން ސަރުކާރުތަކުން ވިސްނަންޖެހޭ ކަމަށެވެ.ޑިސެމްބަރު 20، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ