އައްޑޫގެ ކަރަންޓް މައްސަލަ އަށް މަސް ދުވަހުން ހައްލެއް!

އައްޑޫގެ ކަރަންޓް މައްސަލަ ހައްލު ކުރަން މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިކަމަށް އެކަށީގެންވާ ހައްލެއް ގެނެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ އެކަމަށްޓަކައި އައްޑު އަށް އަށް ޖެނެރޭޓްތަކެއް ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑި، އެކަމުގެ ދައްޗާއި ތަކުލީފު ރައްޔިތުންނަށް ވަރަށް ބޮޑަށް އުފުލަން ޖެހިފައިވެ އެވެ. ފެނަކައިން ބުނެފައި ވަނީ އެގޮތަށް ދިމާވަނީ ކެޕޭސިޓީ އަށް ވުރެ ލޯޑްބޮޑުވާތީ އެވެ.
މިކަމާ ގުޅިގެން ފެނަކަ އިން މިދިޔަ މަހު ވަނީ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން ޗައިނާގެ ކުންފުންޏަކާ ވެސް ހަވާލުކޮށްފަ އެވެ. އެގޮތުން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ ހަވާލުކޮށްގެން 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ފެނަކަ އިން ބުނީ އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ލިބޭނީ މި ޕްރޮޖެކްޓް ނިމުމުން ކަމަށެވެ. އެކަމަށް ދޮޅު އަހަރު ނަގާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ