މަޖިލިސް އިންތިހާބަށް ފައިސާ ހޯދުނު ގޮތަކުން ހޯދަން އެސްއޯއީ ތަކަށް މުއިއްޒު އަންގައިފި. ހޯދާ ފައިސާގެ %20 އެމްޑީއަށް، %80 ރަމީޒް އަތަށް.

މަޖިލީސް އިންތިހާބަށް ހޯދުނު ގޮތަކުން، ސަޕްލަޔަރުންނާއި، ކޮންޓްރަކްޓަރުން އަތުން ފައިސާ ހޯދުމަށް ސަރުކާރު ކުންފުނިތަކަށް މުއިއްޒު އަންގައިފިއެވެ. މި ގޮތަށް ފައިސާ ހޯދުމަކީ ކޮރަޕްޝަނެވެ. މިކަން ރާވާފައިވާ ގޮތަކީ ސަޕްލަޔަރުންނާއި، ކޮންޓްރަކްޓަރސް އަތުން ލިބޭ ފައިސާގެ ތެރެއިން، %20 އެ ފައިސާ ލިބޭ ފަރާތަށް، %80 ރަމީޒް އަށް ދޭ ގޮތަށެވެ.
ރަމީޒަށް ދޭ %80 އަކީ ކެމްޕެއިނަށް މުއިއްޒަށް ދާ ފައިސާއެވެ. ބައެއް އެމްޑީއިން ވަނީ މިހާރު މިކަން އެމީހުންގެ ޕްރޮކިއުމެންޓަށްވެސް އަންގާފައެވެ. ޕްރޮކިއުމެންޓްގައި ތިބި، ކުންފުނީގެ އެމްޑީއާއި ގާތް ގުޅުން ހުރި ފަރާތްތައް މެދުވެރިކޮށް އެމީހުންނާއި ގާތް ގުޅުން ހުންނަ، ސަޕްލަޔަރުންނާއި ބައްދަލުކޮށް ދަނީ ފައިސާއަށް އެދެމުންނެވެ.
ރަމީޒަކީ މުއިއްޒުގެ ކެމްޕެއިނާއި ގުޅުން ހުރި ކޮރަޕްޝަންތައް ހިންގާ މުއިއްޒުގެ ސަރުކާރުގައި ހުރި މުއިއްޒުގެ ހުތުރު އަމަލުތައް އޭނާއަށް ހިންގަދޭ ފަރާތެވެ.
މީގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އެމްޑީއިންވެސް، ދަނީ ސަޕްލަޔަރުން ނާއި ބައްދަލު ކުރަމުންނެވެ.
ސަރުކާރު ބޭންކްރަޕްޓް ވެފައިވާއިރު، ރައްޔިތުން އަތުން މި ފައިސާ މި ގޮތަށް ނެގުމަކީ އާންމު ރައްޔިތުންނާއި، އެންމެ ބޮޑަށް ގެއްލުން ލިބެން ހުރި މިފަދަ ކުންފުނިތަކަށް އޮތް ބޮޑު ނުރައްކަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ