ޕްރޮޖެކްޓުތައް ހިންގަން ހަތަރުވަނަ ބަޔަކަށް ކޮމިޝަން ދޭން ނުޖެހުމުން ރައްޔިތުންނަށް ފައިދާ ވެގެންދާނެކަމަށް މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ.
މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމާއި ސަރުކާރުގެ ހިއްސާ އޮތް ކުންފުނިތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ މައްޗަށް އަލިއަޅުއްވައި ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މެމްބަރު އިބްރާހިމް ވިދާޅުވީ، އެ ދެގޮތުގެ މަތިންވެސް މަަސައްކަތްތައް ކުރެވިދާނެކަމަށާއި ރަނގަޅު އަދި ނުރަނގަޅު ނަތީޖާވެސް ނެރެވިދާނެކަމަށެވެ.
މެމްބަރު ވިދާޅުވީ، ކަންކަން ގޯސްވެގެންދަނީ ވެރިންނަށް ތިބޭ ބަޔަކު އަމިއްލަ ޖީބުތައް ފުރުމުންނާއި ގާތް ތިމާގެ މީހުންނަށް ނާޖާއިޒް މާލީ މަންފާތައް ހޯދައިދިނުމުންކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުމުން ބަޖެޓަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް ދެކިވަޑައިގަންނަވާކަން ހިއްސާކުރެއްވިއެވެ.
އިބްރާހިމް ވިދާޅުވީ، ތިންވަނަ ނުވަތަ ހަތަރުވަނަ ފަރާތަކަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮމިޝަންތަކެއް ދޭން ނުޖެހުމުން އެއީ ރައްޔިތުންނަށް މަންފާ ހުރި ގޮތްކަމަށާއި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކުރުމުން ނުކުންނަ ނަތީޖާއަކީ ޕްރޮޖެކްޓުތައް ހިންގުމުގެ ހަރަދު ކުޑަވެގެންދިއުންކަމަށެވެ. ނަމަވެސް ސަރުކާރުގެ ކުންފުނިތަކަށް ހުރިހާ މަސައްކަތްތަކެއް ނުކުރެވޭނެކަމަށާއި އައުޓްސޯސްކުރަންޖެހޭ މަސައްކަތްތައް ހުންނާނެނަކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތްތައް އޮންނަ އުސޫލުން ބޭރުން ކުރިއަށް ގެންދަނީ ތިބޭ ވެރިންގެ ނިޔަތް ގޯސްވުމުންކަމަށެވެ.
އެގޮތުން ޕްރޮކިއަރމެންޓު އުސޫލަށް ބޭނުން ގޮތެއް ހެދުމަށްފަހު ހިންގަން އެދުނު އަމަލުތައް ހިންގާކަމަށާއި ނަމަވެސް ރައްޔިތުންގެ ގާތުގައި އެކަމެއް ކުރީ ޕޮލިސީއާއި އެއްގޮތަށް ކަމަށް ބުނާކަމަށް މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ، ޕެޓީކޭޝްގެ ގޮތުގައި 50 މިލިއަން މީހަކަށް ދޭން ޕޮލިސީއެއް ހެދުމަށްފަހު ފައިސާ ހަވާލުކުރާކަމަށެވެ. އަދި ފެނަކައިގައިވެސް ވެފައި އޮތީ އެގޮތަށް ކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތައް ހިންގައިގެން ނުވާނެކަމަށާއި ހުއްޓުވެން ޖެހޭކަމަށް ވިދާޅުވި އެވެ.
އެސްއޯއީތައް މެދުވެރިކޮށް ޕްރޮޖެކްޓުތައް ހިންގުމުން ރައްޔިތުންނަށް ފައިދާކުރޭ: މެމްބަރު އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ