އެޕަލްގެ ޑިވައިސްތަކަށް އޭއައިގެ އާ ފީޗާތަކެއް ތައާރަފްކޮށްފި
އެޕަލް ކުންފުނިން އެޕަލް އިންޓެލިޖެންސްގެ އެހީގައި މަސައްކަތްކުރާ އާ އެކްސެސިބިލިޓީ ފީޗާސްތަކެއް އިއުލާންކޮށްފިއެވެ. ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިޔުޑަބްލިޔުޑީސީ) 2026 ގެ ކުރިން ތައާރަފްކުރި މި ފީޗާތަކުގެ ސަބަބުން ވޮއިސްއޯވާ، މެގްނިފަޔާ، ވޮއިސް ކޮންޓްރޯލް އަދި އެކްސެސިބިލިޓީ ރީޑާ ފަދަ ވަސީލަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ސަބްޓައިޓަލް ނުހުންނަ ވީޑިއޯތަކަށް އޭއައި ބޭނުންކޮށްގެން އޮޓޮމެޓިކުން ސަބްޓައިޓަލް ޖެނެރޭޓްކޮށްދޭ ފީޗާއެއްވެސް މި އަޕްޑޭޓްގައި ހިމެނެއެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މަސައްކަތްކުރާ މި ފީޗާސްތައް ފަރުމާކޮށްފައިވަނީ އަޑާއި، ފެނުމާއި، ހަރަކާތްތަކުގެ އިތުރުން ބަހުގެ އެހީގައި އެޕަލްގެ ޑިވައިސްތައް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށެވެ. އެގޮތުން ވޮއިސްއޯވާ ފީޗާއަށް އިތުރުކުރި "އިމޭޖް އެކްސްޕްލޯރާ" ގެ އެހީގައި ފޮޓޯތަކާއި، ސްކޭންކޮށްފައިވާ ބިލްތަކާއި ލިޔެކިޔުންތަކުގެ ތަފްސީލު އަޑުން ކިޔައިދޭނެއެވެ. އެޕަލްގެ އެންމެ ފަހުގެ އެކްސެސިބިލިޓީ މި ފީޗާތައް ހިމެނޭނީ އެޕަލް އިންޓެލިޖެންސް ގައި -- މި ފީޗާ ސަޕޯޓްކުރާ އައިފޯންތަކުގެ އެކްޝަން ބަޓަން މެދުވެރިކޮށް ކެމެރާއަށް ފެންނަ މަންޒަރުތަކާ ބެހޭގޮތުން ސުވާލުކުރުމުން އަޑުން ޖަވާބު ހޯދައިދެއެވެ. މެގްނިފަޔާ ފީޗާއަށްވެސް ވަނީ އޭއައިގެ އެހީގައި މަންޒަރުތައް އަޑުން ސިފަކޮށްދޭ ގޮތް ހަދާފައެވެ. އަދި "ޒޫމް އިން" ނުވަތަ "ޓާން އޮން ފްލޭޝްލައިޓް" ފަދަ އަޑުގެ ކޮމާންޑްތަކުން މެގްނިފަޔާ ކޮންޓްރޯލް ކުރެވޭނެއެވެ. މީގެ އިތުރުން ވޮއިސް ކޮންޓްރޯލް ފީޗާގެ ނެޗުރަލް ލެންގުއޭޖް އަންޑަސްޓޭންޑިން ވަރުގަދަކުރުމުގެ ސަބަބުން، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިވަކި ބަޓަންތަކުގެ ނަންތައް ހަނދާން ބެހެއްޓުމުގެ ބަދަލުގައި އާންމުކޮށް ވާހަކަދައްކާ ބަހުރުވައިން އެޕްތައް ކޮންޓްރޯލް ކުރެވޭނެއެވެ. އެޕަލްގެ އެކްސެސިބިލިޓީ ރީޑާވެސް މިހާރު ސައިންޓިފިކް ކަރުދާސްތަކާއި، ތާވަލުތަކާއި އަދި މަލްޓި-ކޮލަމް ލިޔުންތައް ފަދަ އުނދަގޫ ފޯމެޓްތަކަށް ސަޕޯޓްކުރާނެއެވެ. އަދި އޭއައި ސަބްޓައިޓަލް ފީޗާގެ އެހީގައި އޮންލައިން ސްޓްރީމްތަކާއި ވީޑިއޯތަކުގައި ދެކެވޭ ވާހަކަތައް އައިފޯން، އައިޕެޑް، މެކް، އެޕަލް ޓީވީ އަދި ވިޜަން ޕްރޯއިން އޮޓޮމެޓިކުން ޓްރާންސްކްރައިބް ކޮށްދޭނެއެވެ. މި ފީޗާ މަސައްކަތްކުރަނީ ޑިވައިސްގެ އެތެރޭގައި ހުންނަ ސްޕީޗް ރިކޮގްނިޝަން ނިޒާމުގެ އެހީގައެވެ. އެޕަލް ވިޜަން ޕްރޯ ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ލޮލުގެ ހަރަކާތްތަކުން ނުވަތަ އައި-ޓްރެކިންގެ އެހީގައި ދުއްވޭ ފުރޮޅުލީ ގޮނޑި ކޮންޓްރޯލް ކުރެވޭ ފީޗާއެއް ވަނީ ތައާރަފްކޮށްފައެވެ. ބްލޫޓޫތް ނުވަތަ ނަރުގެ އެހީގައި ގުޅާލެވޭ މި ފީޗާ ފުރަތަމަ ސަޕޯޓްކުރާނީ އެމެރިކާގެ ޓޯލްޓް އަދި ލޫސީ ވީލްޗެއާ ސިސްޓަމްތަކަށެވެ. މީގެ އިތުރުން ވެހިކަލް މޯޝަން ކިއުސް، ފޭސް ޖެސްޗާސް، އަދި ޓީވީއޯއެސްއަށް ބޮޑެތި އަކުރުން ލިޔުންތައް ދައްކައިދޭ ފީޗާވެސް ހިމެނެއެވެ. ހާޑްވެއާ އެކްސެސަރީއަކަށް ބަލާއިރު، އަތުގެ ބާރު ދެރަ މީހުންނަށް އައިފޯން ހިފަހައްޓަން ފަސޭހަވާނެހެން ފަރުމާކޮށްފައިވާ "ހިކާވާ ގްރިޕް އެންޑް ސްޓޭންޑް" މިހާރު އެޕަލް ސްޓޯރުން ބައިނަލްއަގުވާމީކޮށް ލިބެން ހުންނާނެއެވެ. ޑިޒައިނަރު ބެއިލީ ހިކާވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅިގެން ފަރުމާކުރި މި އެކްސެސަރީ ތިން ކުލައެއްގައި މިހާރު ލިބެން ހުންނާނެ ކަމަށް އެޕަލް އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ