ރޭގެ ވަގުތެއްގައި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާޒް ކޮށްފައެވެ.
މިކަމާ ގުޅިގެން ސްޓެލްކޯއިން ރޭ ބުނީ، ހުޅުމާލެއިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. މައްސަލަ ހައްލުކުރުމަަށް ފަހު ކަރަންޓު ފޯރުކޮށްދީފައި ވަނީ ރޭ 12:00 ހާއިރެވެ.
ސްޓެލްކޯގެ ބައެއް މަސައްކަތްތައް ކުރުމަށާއި، ދިމާވާ ބައެއް ޓެކްނިކަލް މައްސަލަތަކުގައި މާލެއާ ހުޅުމާލެއިން ވެސް ކަރަންޓު ކެނޑެއެވެ. މި ފަހުން ހުޅުމާލެ ފޭސް ދެއަކުން ވަނީ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުމުގެ ތެރޭ ވެސް ކަރަންޓު ކެނޑިފައެވެ.
ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނީ ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރެއިން: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ