ފައިނޭންޝަލް އެކްސްޕޯގެ ބެވެރޭޖު ޕާޓްނަރަކަށް ޔޫރޯ މާކެޓިން

ރާއްޖޭގެ މާލީ ދާއިރާގައި ހުރި ފުރުސަތުތަކާއި، އަލަށް ތައާރަފުކުރާ ހިދުމަތްތަކާ ގުޅޭ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގެ ބެވެރޭޖު ޕާޓްނަރަކަށް ޔޫރޯ މާކެޓިން ހަމަޖައްސައިފި އެވެ. 
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ މި އެކްސްޕޯ ކުރިއަށްދާނީ ޖުލައި 2-4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ. އެ ދުވަސްތަކުގައި އެކްސްޕޯ ހުޅުވިފައި ހުންނަނީ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ. 
މިއަހަރުގެ އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމްޕަވަރިންގް ސަސްޓެއިނަބަލް ފިއުޗާސް: އިންކްލޫޝަން، އިނޮވޭޝަން، އެންޑް އިންޓެލިޖެންސް މި ޝިއާރުގެ ދަށުންނެވެ.
އެކްސްޕޯގެ އޮފިޝަލް ބެވަރޭޖް ޕާޓްނަރުގެ ހައިސިއްޔަތުން ޒިޔާރަތްކުރާ މީހުންނަށް ހާއްސަ ހިދުމަތްތަކެއް ދޭނެ ކަމަށް ޔޫރޯ މާކެޓިންއިން ބުނެފައިވެ އެވެ. އެގޮތުން އިޓަލީގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމަށްވާ ލަވާޒާގެ އެކި ބާވަތްތަކުގެ ކޮފީ އެކްސްޕޯގެ ތެރޭގައި ލިބެން ހުންނާނެ އެވެ. އަދި، އެ ކުންފުނީގެ ސިގްނޭޗާ ކޯލްޑް ބްރޫ ކޮފީ ހިމެނޭހެން ތަފާތު ރަހަތައް ބައިވެރިންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
 ޔޫރޯ މާކެޓިންއިން ބުނި ގޮތުގައި އެ ކުންފުނީގެ މަގުސަދަކީ ގައުމީ ފެންވަރުގެ މިފަދަ މުހިންމު ހަރަކާތްތަކަށް އެއްބާރުލުންދީ، ފެންވަރު ރަނގަޅު ބުއިންތަކާއެކު އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ