ރާއްޖޭގެ މާލީ ނިޒާމު ފުޅާކޮށް، ހަރުދަނާކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުންނާއި މުއައްސަސާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުރަތަމަ ފަހަރަށް "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ބާއްވައި، ބައެއް ޝަހުސިއްޔަތުންނާއި މާލީ އިދާރާތަކަށް ހާއްސަ އެވޯޑުތައް ދީފި އެވެ.
އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި "ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަރ" އެވޯޑު ދިނީ ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކޮށް، އިތުބާރު ހިފޭ، ޒަމާނީ ދާއިރާއަކަށް ހެދުމަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަރާތްތަކަށެވެ.
މި އެވޯޑް މައިގަނޑު ދެ ބަޔަކަށް ބަހާލެވިފައިވެއެވެ. އެއީ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައި ފަރާތްތަކަށް އަރުވާ "ސްޕެޝަލް އެވޯޑް" އާއި، ވޭތުވެދިޔަ 45 އަހަރު ތެރޭގައި އެމްއެމްއޭ ހިންގެވުމުގައި އިސްކޮށް އުޅުއްވި ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުމުގެ ބައެވެ.
މާލީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވި ފަރާތްތަކަށް އެރުވި ހާއްސަ އެވޯޑު ލިބުނު ފަރާތްތައް:
އެމްއެމްއޭ އުފެދުނީއްސުރެ މަރުކަޒީ ބޭންކުގެ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްޕުޅު ކުރެއްވި ކުރީގެ ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންނަށްވެސް މި ރަސްމިއްޔާތުގައި އެވޯޑް އަރުވާފައިވެއެވެ.
މި ބޭފުޅުންގެ އިރުޝާދުގެ ދަށުން ވިޔަފާރި ބޭންކިންގ ފުޅާވުމާއި، އިންޝުއަރެންސް ދާއިރާ ތަރައްގީވުމާއި، ފައިސާ ދެއްކުމުގެ ނިޒާމު ޒަމާނީވުމުގެ އިތުރުން، މާލީ ގަވާއިދުތައް ހަރުދަނާވެ، ފައިސާއާ ބެހޭ ސިޔާސަތުތައް އެކުލަވާލުމުގައި ރާއްޖޭގެ މާލީ ތާރީހުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މި އެވޯޑުތަކުގެ އިތުރުން މާލީ ދާއިރާގައި ފާހަގަކޮށްލެވޭ ދާއިރާތަކުން އެހެން ފަރާތްތަކަށް ވެސް އެވޯޑުތައް ދިނެވެ.
އެމްއެމްއޭއިން މާލީ ދާއިރާގެ ހިދުމަތްތެރިންގެ އަގު ފުރަތަމަ ފަހަރަށް ވަޒަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ