އައިޖީއެމްއެޗުން ބުނީ މި ހެލްޕް ޑެސްކު ގާއިމުކޮށްފައިވަނީ ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައި ނުވަތަ މެއިން އީއާރްގެ އެމްބިއުލަންސް ޕޯޓިކޯ ކައިރީގައެވެ.
މި ޑެސްކުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭހެން، އެއްވެސް މީހެއްގެ ކިބައިން ހުމާއެކު ރަތްކުލައިގެ ބިހި ނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ހެލްޕް ޑެސްކަށް ރިޕޯޓްކުރުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
ހެލްޕް ޑެސްކު ބަންދު ގަޑިތަކުގައި، އެފަދަ އަލާމާތްތައް ހުރި ބަލިމީހުން ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހޮސްޕިޓަލަށް ގޮަސް އަމަލުކުރަންވީ ގޮތްވެސް އައިޖީއެމްއެޗުން ވަނީ ހާމަކޮށްފައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ހުން އައިސް ބިހި ނަގާފައިވާ ބަލިމީހުން ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ބަލިމީހާއާއެކު އެހީތެރިންގެ ގޮތުގައި ވީހާވެސް މަދު ބަޔަކު ދިއުމަށްވެސް ވަނީ އެދިފައެވެ.
މީގެ އިތުރުން، ޑޮކްޓަރަށް ދައްކަން ދާއިރު ކުޑަކުދިންގެ ވެކްސިން ކާޑު ގެންދިއުމަށްވެސް އައިޖީއެމްއެޗުން ހަނދާންކޮށްދެއެވެ.
ހިމަބިހީގެ ކޭސްތައް ފެންނާތީ އައިޖީއެމްއެޗްގައި ޚާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ