ހުޅުމާލޭގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް އެކްސިޑެންޓު ވެއްޖެ

ހުޅުމާލެ، ނިރޮޅުމަގުގައި ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގީ މިރޭ 10:21 ހާއިރު ނިރޮޅުމަގު، ހަތްތަރި މާޓު ކައިރިންނެވެ.
ތަފްސީލު - އެ ހާދިސާގައި އަނިޔާވި 30 އަހަރުގެ ދިވެހި ފިރިހެނަކު ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން ނިރޮޅުމަގުގެ އެ ސަރަހައްދުން ބޮޑު ބައެއް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ