ރައީސް ޔާމީން 6 މަސް ދުވަހުގެ ތެރޭގައި 53 މިލިއަން ރުފިޔާ ދައްކަން އަމުރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ދައުލަތުން ނަގަން އެދުނީ ލޯންޑާކުރި ކަމަށް ބުނާ އެއް މިލިއަން ޑޮލަރާއި މި ފައިސާއާ އެއްކޮށްފައިވާ ކަމަށް ބުނާ 2،413،230 ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބުނު ކަމަށް ބުނާ ފައިސާއެވެ.
ދައުލަތުން ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ޤަބޫލުކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ.
ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމަކީ ޤާނޫނީ އަސާސެއް ނެތް، ހެކިތަކެއް ނެތި ކޮށްފައިވާ ހުކުމެއްކަމަށް ވިދާޅުވެ ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ