ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވި މުޖުތަބާވެސް މަޤާމުން ވަކި ކޮށްފި

ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަން ގުޅިގެން، އަލަށް އުފައްދާ ޕާޓީ "ދަ ޑިމޮކްރެކްޓްސް" އަށް ސޮއިކުރެއްވި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު މުޖުތަބާ ވެސް މަޤާމުން ވަކިކުރައްވައިފިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވި މުޖުތަބާ މަޤާމުން ވަކި ކުރެއްވިކަން، އޭނާއަށް ވަނީ އަންގަވައިފައެވެ.
އޭނާ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަނު ކުރެއްވީ ނޮވެމްބަރު 29، 2018 ގައެވެ.
ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާާތްތައް ސިޔާސީ މަޤާމުތަކުން ވަކި ކުރަމުން އަންނައިރު، މިއީ "ދަ ޑިމޮކްރެޓްސް"އަށް އޮންނަ ތާއީދު ބޮޑުވާތީ، ސަރުކާރުން ކުރާ ކަމެއް ކަމަށާއި، އެއީ ވަރަށް "ފިނޑި ޢަމަލެއް" ކަމަށް "ޑިމޮކްރެޓްސް"އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ