ޔޫ.އޭ.އީގެ ސަރުކާރުން ރާއްޖޭގެ ފަޤީރުންނަށް ބެހުމަށް 100 އިފްތާރު ޕެކޭޖް ހަދިޔާކޮށްފި

ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޔޫ.އޭ.އީގެ ސަރުކާރުން ދިވެހިރާއްޖޭގެ ފަޤީރުންނަށް ބެހުމަށް 100 އިފްތާރު ޕެކޭޖު ހަދިޔާކޮށްފިއެވެ.
ޔޫ.އޭ.އީގެ ސަރުކާރުން ދިވެހިރާއްޖޭގެ ފަޤީރުންނަށް ހަދިޔާކުރެއްވި އިފްތާރު ޕެކޭޖާއި ދިވެހި ސަރުކާރުގެ ފަރާތުން ޙަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ. ޔޫ.އޭ.އީއިން މި އެހީ ދީފައިވަނީ އެމިރޭޓްސް ރެޓް ކްރެސެންޓް މެދުވެރިކޮށެވެ.
އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ، މި އިފްތާރު ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ މާލޭގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްކަމަށެވެ. އަދި މި ޕެކޭޖުތައް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތެއް މިނިސްޓްރީން ކަނޑައެޅުމަށް ހަމަޖެހިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ