ހިޔާގެ ބައެއް ފްލެޓުތަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ދިމާވި މައްސަލައަކުން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ދިމާވި މައްސަލައަކުން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ހިޔާގެ ބައެއް ފްލެޓުތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނީ މިއަދު ހަވީރު 17:20 ހާއިރުއެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން އަންނަނީ ކުރަމުންނެވެ.
އެކަމާއި ގުޅޭ ގޮތުން ސްޓެލްކޯ އިން މިއަދު ބުނީ ހިޔާގެ ބައެއް ފްލެޓުތަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަންގެ ސްވިޗްގިއަރުގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށެވެ. ސަބްސްޓޭޝަންގެ ސުވިޗްގިއަރު ބަދަލު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެކުންފުނިން ބުނެއެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އެކުންފުނިން ބުނެއެވެ.
“ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއާގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން.ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ މުވައްޒަފުން ދަނީ ކުރަމުން،” ސްޓެލްކޯ އިން ބުނެއެވެ.
މިފަދަ ހާލަތްތަކުގައި ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާނެކަން އެނގޭ ކަމަށާއި އެކަމަށްޓަކައި މައާފަށް އެދޭ ކަމަށްވެސް ސްޓެލްކޯ އިން ބުނެއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ