ޖޭޕީއިން އިންތިޚާބުގައި ވާދަކުރަން ނިންމުމުން ރައީސް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީ އިން
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމުން ކުރީގެ ރައީސް އަދި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދް ނަޝީދު  މަރުހަބާ ވިދާޅުވެއްޖެއެވެ.
އިންތިޚާބުގައި
ޖުމްހޫރީ ޕާޓީއިން އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރާނެ ކަން އިޢްލާނުކޮށްފައިވަނީ އިއްޔެ ބޭއްވުނު އެޕާޓީގެ
151 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. 
ޖޭޕީގެ
ނިންމުމަށް މަރުހަބާ ވިދާޅުވެ ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް
ގުރޫޕަށް މެސެޖެއް ފޮނުއްވައިފައެވެ.
Advertisement
"ޖޭޕީގެ ލީޑަރު ޤާސިމަށް މަރުހަބާ.“
ނަޝީދުގެ މެސެޖުގައި ލިޔުއްވާފައިވެއެވެ.
އެމްޑީޕީގެ
އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވައި ރައީސް ނަޝީދަށް ނާކާމިޔާބިޔާބީ އާއި ކުރިލަތިލާން ޖެހިވަޑައިގެންނެވުމާއިއެކު ފެންނަން ފެށީ ރައީސް ނަޝީދު ޖޭޕީގެ ލީޑަރު ޤާސިމް
އިބްރާހިމް އާއި އެކު ސިޔާސީ މަސައްކަތް ފައްޓަވާފާނެ ފަދަ މަންޒަރުތަކެކެވެ.
ޖުމްހޫރީ
ޕާޓީގެ ޤައުމީ ޖަލްސާގެ ކުރީ ސަފުން ވެސް ވަނީ ނަޝީދު ފެނިގެން ގޮއްސައެވެ. އަދި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން މިހާރު ނިންމާފައިވަނީ ޖުމްހޫރީ ޕާޓީއަށް ތާއީދު ކުރުމާއި މެދު އެ ޕާޓީގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާ
މަޝްވަރާ ކުރާށެވެ.
މިގޮތަށް ވާހަކަ ދެކެވިފައވަނީ "ފިކުރެއްގެ ދިރުން" ފެކްޝަނުން ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައެވެ.
އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބްރައީސް އީވާ ޢަބްދުالله ވިދާޅުވީ  އެފެކްޝަނުން ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ
މަޖިލީހުގެ މެންބަރުންނާއި ވާހަކަދައްކައިލަން އެކުގައި މަސައްކަތް ކުރަން ޖޮއިންޓް
ޕާލަމެންޓްރީ ގުރޫޕެއް ހަދަން ފެންނަކަމަށެވެ. އަދި ކުރިއަށް އޮތް
މަސްދުވަސްތެރޭގައި މި ފިކުރެއްގެ ދިރުމުގެ މަސައްކަތުގައި ތިބޭ ރައްޔިތުންގެ
މަޖިލިސްގެ މެންބަރުންގެ އަދަދު މާގިނަވެގެންދާނެ ކަމާއި މެދު ސުވާލެއް ނެތް
ކަމަށްވެސް ވިދާޅުވިއެވެ.
އެއް ޕާޓީއެއްގެ ތެރެއިން މިގޮތަށް ދެފެކްޝަން އުފެދިގެން ކުރިން ވެސް އުފެދިގެން ދިޔައެވެ. ފުރަތަމަ
އުފެދިގެން ދިޔަ ޑީއާރްޕީގެ ތެރެއިން އިސްކޮށް ތިއްބެވި ބޭފުޅުންގެ ހިޔާލު
ތަފާތުވެ ދެ ފެކްޝަނަށް ބެހިގެން ދިޔުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މިއަދު
ރާއްޖޭގެ އެންމެ މީހުން މަދު އެއްޕާޓީ އަށް ޑީއާރްޕީ ވެގެން ދިޔުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ