ޕީޕީއެމް އިސްލާހުކުރުމަށް މައުމޫނު އިސްނެންގެވުމަކީ ހެޔޮ ފާލެއް: ނަޝީދު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) އިސްލާހުކުމަށް ކޮމިޓީއެއް އެކުލަވާލައި އެޕާޓީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު މަސައްކަތްޕުޅު ފެއްޓެވުމަކީ ހެޔޮ ފާލެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫނުވަނީ ދާދި ފަހުން ޕީޕީއެމް އިސްލާހުކުރުމަށް މަސައްކަތްޕުޅުފެއްޓެވިކަން އިއުލާނުކުރައްވާފަ އެވެ. އަދި އިސްލާހަށްކުރާ މަސައްކަތްތަކުގައި އެމަނިކުފާނަށް ލަފާއެރުވުމަށް ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފަ އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ވަޒީރު އަނީސާ އަހުމަދާއި، މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރާއި، ކުރީގެ މެމްބަރު އަދި ވަޒީރު ހަމްދޫން ހަމީދާއި، ޖެންޑާ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އައިމިނަތު ނާދިރާގެ އިތުރުން ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިފާ ޝުކޫރު އެވެ. ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން އާއި ރައީސް އަބްދުﷲ ޔާމީން އާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅެއެވެ. ރައީސް މައުމޫނު ފެއްޓެވި އިސްލާހީ މަސައްކަތްތަކަށް އެބޭފުޅުން ލައްވައިގެން ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފެއްޓެވުމަކީ ހެޔޮފާލެއްކަމަށް ވިދާޅުވެ ނަޝީދު މިއަދު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. ޓެރަރިޒަމްގެ ދައުވާ ޒާބިތުވެ 13 އަހަރަށް ޖަލަށްލާން ހުކުމް ކުރުމުން ބޭސްފަރުވާއަށް ކަމަށް ބުނެ ވަޑައިގެން ނަޝީދު މިހާރު ހުންނެވީ އިނގިރޭސިންގެ ހިމާޔަތް ހޯއްދަވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ