ތިބޭނީ ޒުވާނުންނާ އެކު، ހާސްކަނޑާލާ: ގާސިމް

ހަވާ އެރުވުމާއި މޫނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކާ އެކު "ފުރަވީރުން" ގެ ނަމުގައި ރޭ ހުޅުމާލޭގައި ބޭއްވި ޖުމްހޫރީ ޕާާޓީގެ ކެމްޕޭން ހަރަކާތެއްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެން އެ ޕާޓީ އޮތީ ޒުވާނުންނާ އެކު ކަމަށް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ފައިސާގެ އިނާމަކާ ޕްރޮމޯޓް ކުރަމުން އައި ފުރަވީރުން ހަރަކާތަކީ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ އިސްވެ ހުންނަވައިގެން ހިންގެވި އެ ޕާޓީގެ ކެމްޕޭން ހަރަކާތެކެވެ.
ބޮޑުބެރާއި ލަވަޔާއި ނެށުމުގެ ހަރަކާތްތައް ކުރިޔަށް ދިޔަ އެ ހަރަކާތުގައި ކުޑަ އިރުކޮޅަކަށް ގާސިމް ސްޓޭޖް މައްޗަށް ވަޑައިގަތެވެ. އަދި ނަހުލާ ވަނީ ޖުމްހޫރީ ޕާޓީ އާ އަލަށް ގުޅިވަޑައިގަތް " ގާސިމް 2023" ޖަހާފައިވާ ފޯމު ސެޓް ގާސިމަށް އަރުވައިފަ އެވެ.
ރޭ ސެންޓްރަލް ޕާކުގައި ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި ފޯރިގަދަ ޝޯގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މާދަމާގެ މުސްތަގުބަލަށް ގައުމު ގެންގޮސް ދޭން ޖެހޭނީ ކާބަފައިން ގައުމު ވާސިލް ކޮށްދިން ފަދައިން އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާ އެކީ ކަމަށެވެ.
އަބަދުވެސް މަސައްކަތް ކުރާނީ ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ކަމަށާއި އެ މަސައްކަތް ކުރުމުގައި ޒުވާނުންނާއި ޅަ ކުދިންނާއި އަންހެނުންނާއި ފިރިހެނުން ބައިވެރިވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ހުޅުމާލެ- މޭއި 25، 2023: ރޭ ސެންޓްރަލް ޕާކުގައި ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި ފޯރިގަދަ ޝޯގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
"ތިބޭފުޅުންނާ އެކީގައި، ޒުވާނުންނާ އެކީ އަޅުގަނޑުމެން ތިބި ވާހަކަ ދަންނަވާލަމުން، ތިބޭފުޅުން ހާސްކަނޑާލާށޭ..." މާ ގިނަ ވާހަކަ ނުދައްކަވައި ގާސިމް ވިދާޅުވި އެވެ.
އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ޖުމްހޫރީ ޕާޓީއަކި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެހާ ގިނަ ޒުވާނުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅުން ދެތިން ހަފުތާ ތެރޭގައި ކުރި މަސައްކަތުން ކަން ވެސް ފާހަގަކުރެއްވި އެވެ.
ޖުމްހުރީ ޕާޓީން އަންނަނީ އެކި ރަށްރަށަށް ކެމްޕެއިން ދަތުރުކޮށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ