"މިނިވަންކަމުގެ ދިފާއުގައި" ގެ ނަމުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވަން އުޅުނު ޖަލްސާ ކެންސަލް ކޮށްފި އެވެ.
ވީ ކިހިނެއް؟ - އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވިގޮތުގައި ޖަލްސާ ފަހުގެ ތާރީހަކަށް ފަސްކުރީ މޫސުން ގޯސްވެގެންނެވެ. މާލެއަށް މިއަދު ހަވީރު ވަރަށް ބޯކޮށް ވާރޭވެހި، ވިއްސާރަ ދަނީ ކުރަމުންނެވެ.
ތަފްސީލް - "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި އިންތިޒާމު ކުރި ޖަލްސާ އަކީ ގައުމީ ކެމްޕެއިނެއް ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.
އެ ޖަލްސާއާ ގުޅޭގޮތުން ހީނާ މީގެ ކުރިން 'ދައުރު އަށް ވިދާޅުވީ އިދިކޮޅުގެ ޖަލްސާގެ ޝިއާރެއްގެ ގޮތުގައި "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ބޭނުންކުރަނީ، "އިގްތިސާދީ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ފަޅުތަކާއި ގިރިތަކާއި ރަށްތައް، ބޭރު ބައެއްގެ ނުފުޒުގެ ތެރެއަށް ދިވެހި ސަރުކާރުން ދޫކޮށްލާފައި" އޮތުމުން އެ ކޯލިޝަނުން ކަންބޮޑުވާތީ ކަމަށެވެ.
"އިންޑިއާ ސިފައިން ރާއްޖޭގައި ގައިމްވެ ތިބުން. އިންޑިއާގެ ނުފޫޒު ރާއްޖެއަށް އިންތިހާއަށް އޮތުން. ރައްޖޭގެ އެކި ސަރަހައްދުގައި އިންޑިއާ ސިފައިން އެކި ނަންމުގައި ގައިމްވެ ތިބުމަކީ ރާއްޖޭ އިގްތިސާދީ މިނިވަންކަން، އިގްތިސާދީ އަޅުވެތިކަމަކަށް ބަދަލުވެގެންދާތީ،" ހީނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ކަންކަން ނިންމުގެ އިހްތިޔާރާއި ފުރިހަމަ ބާރު ދިވެހިންގެ އަތުން ގެއްލިގެން ދިޔުން މިއީ މިނިވަންކަމުގެ ދިފާއުގައި ނުކުންނަ ޖެހޭ ސަބަބު."
އެނގުން މުހިންމު - އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކޮންމެ ރެއަކު ސިލްސިލާ މުޒާހަރާތަކާއި ޕާޓީ އޮފީހުގައި ޖަލްސާތަކެއް ވެސް ދަނީ ބާއްވަމުންނެވެ.
އިދިކޮޅުން އެންމެ ފަހުން ބޮޑު ޖަލްސާއެއް ބޭއްވީ މި މަހު 3 ވަނަ ދުވަހުުގެ ރެ އެވެ. އެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
އިތުރަށް ކިޔާލަން: ޕީޕީއެމްގެ 'މިނިވަންކަމުގެ ދިފާއުގައި' މާދަމާ ރޭ ލޯންޗުކުރަނީ
މޫސުން ގޯސްވުމުން އިދިކޮޅުގެ ޖަލްސާ ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ