ކަރަންޓް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ އިގްތިސާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯ އިން ބުނީ މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއް ކަމަށް ވުމުން ކަރަންޓު ބޭނުންކުރާ ވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ރޯދަމަހާއި ދިމާކޮށް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ މިހިނގާ އޭޕްރިލް މަހާއި ކުރިއަށް އޮތް މެއި މަހަކީ ހޫނުގަދަ ދެމަސް ކަމުން ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތު ތަކުގައިވެސް ކަރަންޓް އުފައްދަންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައް ހިމެނޭ މަހެއް ކަމަށް ކަމާއިބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
އެހެންކަމުން ކަރަންޓް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ ކަރަންޓް އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯ އިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
ކަރަންޓް އިގްތިސާދު ކުރުމުގައި ސަމާލުވުމަށް ސްޓެލްކޯ އިން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ