ލިވާތު ކުރުން ބޮޑު ކުށަކަށް ހަދަން ގާސިމް ހުށައެޅީ، ސިޔާސީ ގޮތުން ”ސްކޯ“ ކުރުމަށް: ޖަމީލު

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ލިވާތު ކުރުން ފަދަ އަމަލުތައް ބޮޑު ކުށަކަށް ހެދުމަށް ހުށައެޅުއްވީ، ސިޔާސީ ގޮތުން، މަންފާތަކެއް ހާސިލު ކުރެއްވުމަށްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެއްޖިންސުން ގުޅުންހިންގާ މީހުންނަކީ މުޖުތަމައުއަށް ނުރައްކާތެރި ބައެއް ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށާއި، އެފަދަ މީހެއްގެ ފަރާތުން އެކަމުގެ އަސަރު ނުވަތަ އެފަދަ މީހެއްގެ ވަސްވާސް، އެމީހާގެ އާއިލާއަށާއި މުޅި މުޖުތަމައު އަށް ވެސް ފޯރާނެ ކަމަށާއި، އެފަދަ މީހުން މުޖުތަމައުއިން އެކަހެރި ކުރުމަކީ މުހިންމު ކަމެއް ކަމަށް ގާސިމްވަނީ ވިދާޅުވެފައެވެ.
ގާސިމްގެ ވާހަކަތަކަށް އިޝާރާތްކުރައްވާ، ޖަމީލު ވިދާޅުވީ، އިސްލާމް ދީނުގައި ހަރާމްކޮށްފައިވާ ބޮޑެތި ކުށްތައް، އާންމުވެގެންދިޔަ އިރު، ގާސިމް އަދި ޖުމުހޫރީ ޕާޓީ ތިބީ، ސަރުކާރުގެ ކޯލިޝަނާއިއެކު ކަމަށެވެ. އަދި ގާސިމް މުޖުތަމައާއި މެދު، ތެދު ނިޔަތެއް ގެންގުޅުއްވާނަމަ، މުޖުތަމައުގެ ތެރޭގައި ކަންކަން ގޯސްވެގެންދިޔަ އިރު، ބިރަކާއި ނުލައި މަޖާކުރާ ފިކުރާއިއެކު،  ބޮއްސުންލައިގެންދާއިރު، ގާސިމް ނުހުންނަވާނެކަމަށްވެސް އެނާ ފާހަގަކުރައްވިއެވެ.
އިސްލާމް ދީނުގައި ޙަރާމްކޮށްފައިވާ ބޮޑެތި ކުށްތައް ޢާންމުވިއިރު ތިބީ ސަރުކާރުގަައި. ތެދު ނިޔަތެެއް އޮތް ނަމަ ބިރަކާނުލައި މަޖާކުރާ ފިކުރާއެކު މިހިސާބަށް ބޮއްސުންލާދިޔައިރުނުތިބޭނެ. ޤަބޫލް ކުރެވެނީ ކޯލިޝަންގެ ބައިވެރިން ތިޔައީ ސިޔާސީ ސްކޯކުރަން އެކަނި ދައްކާ ވާހަކައެއްކަން. https://t.co/y9OqmdG65B
— Mohamed Jameel Ahmed (@MJameelAhmed) August 23, 2022
މީގެ އިތުރުން ޖަމީލު ވަނީ، ގާސިމްގެ ހުށަައެޅުއްވުމަކީ، ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ މަގުސަދުގައި ހުށައަޅުއްވާފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން ޖަމީލު ވިދާޅުވީ،  އެނާއަށް ގަބޫލު ކުރެވޭގޮތުން، ޖުމުހޫރީ ޕާޓީތަކުން ދައްކާ ވާހަކަތަކަކީ، ސިޔާސީ ގޮތުން ”ސްކޯ“ ކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.
ޖަމީލުގެ ފާޑުކިޔުންތައް ގާސިމް އަދި ޖުމުހޫރީ ޕާޓީއަށް އަމާޒުވިއިރު، ދާދި ފަހުން، ގިނަ އަދަދެއްގެ މީހުން އެއްޖިންސުން ގުޅުހުން ހިންގަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރު ކުރެވިފައިވެއެވެ. އަލަމްގިރި ކިޔާ ބަންގްލަދޭޝް ފިރިހެނަކާއި އެކު، އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި، ލޯޔަރު ނާޒިމް ސައްތާރު، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު، ފުލުހުންގެ މީހަކު، އަދި ނޫސްވެރިޔަކާއި، ސަރުކާރުގެ އޮފީސްތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ