އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަނުކުރާނެ ކަމަށާއި ކޯލިޝަން ހަދަން ތައްޔާރަށް ތިބި ކަމަށް ބުނެ އެ ވާހަކަ ފުރަތަމަ ސޯޝަލް މީޑިއާގައި އާންމު ކުރެއްވީ އެ ޕާޓީއަށް ނިސްބަތްވާ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން އެވެ.
މިކަމާ ގުޅިގެން އިލްހާމް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ޖޭޕީގެ ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ގާސިމް ވާދަކުރައްވާނެ ކަމަށެވެ.
”ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އިން ނުވަތަ ޕާޓީގެ ކައުންސިލުން އެހެން ގޮތެއް ނުނިންމާހާ ހިނދަކު ޕާޓީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ.“ އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް 2023 ގެ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ 2021 ވަނަ އަހަރު އިއުލާނު ކުރައްވާފައެވެ.
ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ