ކުރީގެ މެންބަރު ޢަލީ ޙަމީދުގެ ކުންފުންޏަކަށް 44 މިލިއަން ރުފިޔާ ދިން މައްސަލައިގެ ތަޙުޤީޤު އަވަސްކުރަން ޕިޖީ އެންގައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ކުރީގެ މެމްބަރު، ޢަލީ ޙަމީދުގެ މަޞްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކާ ގުޅިގެން، 2023 ވަނަ އަހަރު 44 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެމާލިއްޔަތު ކޮމިޓީއިން ބައްލަވައި، ފުލުހުންގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ.މި މައްސަލައަކީ ދިވެހި ދައުލަތާއި، ރައްޔިތުންގެ ޢާންމު މަޞްލަހަތު މަތީ ދަރަޖައަކަށް އޮތް ޙައްސާސް މައްސަލައެއްކަމަށް ދެކޭކަމަށް ޕީޖީ އޮފީހުން ފާގަގަކުރިއެވެ.
އެހެންކަމުން މި މައްސަލައަށްއިތުރު ސަމާލުކަމެއް ދެއްވައި، މައްސަލައަށް ޚާއްސަ ތަޙުޤީޤު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މިއަދު އެ ޚިދުމަތުގައި ދަންނަވާފައި ވާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި މި މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ މި ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ އެކަންކަންވެސް މި މައްސަލައިގެ ތެރެއިން ތަޙުޤީޤުކުރެއްވުމަށްދަންނަވާފައިވާނޭކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
Advertisement
ކުރީގެ މެންބަރު އަލީ ހަމީދުގެ މައްސަލަ، އަވަސްކުރަން ޕިޖީން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ