ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ކުރައްވާ މަސައްކަތްޕުޅަށް ވެސްޓަން އޮސްޓްރޭލިއާގެ ގަވަރުނަރުގެ އަނބިކަނބަލުން ޑެރިލީން ޖޫލީ ޑޯސަން ތައުރީފުކުރައްވައިފިއެވެ.
މި ތައުރީފު ކުރައްވާފައިވަނީ ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރުނަރ ހިޒް އެކްސެލެންސީ ކްރިސް ޑޯސަން އޭ.ސީ، އޭ.ޕީ.އެމް.ގެ އަނބިކަނބަލުން ޑެރިލީން ޖޫލީ ޑޯސަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރުނަރގެ އަނބިކަނބަލުންނަށް މަރުޙަބާ ވިދާޅުވެ ގަވަރުނަރު ޑޯސަންއާއި އެ ކަމަނާ ދިވެހިރާއްޖޭގައި ހޭދަކުރައްވާ ވަގުތަކީ އުފާވެރި ވަގުތަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެދިވަޑައިގެންނެވިއެވެ. އެ ކަމަނާ ވަނީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދު އޮތް ގާތް ގުޅުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ގަވަރުނަރުގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއިން ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ޒަމާނުއްސުރެ ކުރައްވަމުން ގެންދަވާ މަސައްކަތާއި، ޚާއްޞަގޮތެއްގައި ކުޑަކުދިންނާއި އަންހެން ކުދިންނަށް އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، ވަށާޖެހޭ ތަޢުލީމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއިން އޮސްޓްރޭލިއާއަށް މަތީ ތަޢުލީމު ހާސިލްކުރަން ދާ ކުދިންގެ ނިސްބަތް އިތުރުވަމުން ދިއުމާއި އޮސްޓްރޭލިއާ އެވޯރޑްސް ސްކޮލަރޝިޕާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
ގަވަރުނަރުގެ އަނބިކަނބަލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ހައިސިއްޔަތުން މެޑަމް ސާޖިދާ މުޙައްމަދު އަދާކުރައްވާ ދައުރު ފާހަގަކުރައްވައި، ޞިއްޙީ ދާއިރާގެ ކުރިއެރުމަށް އެ ކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްވެސް ތަޢުރީފު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male‘ Maldives© Copyright 2020, Dhuvas.mv, All Rights Reserved
ޞިއްޙީ ދާއިރާގެ ކުރިއެރުމަށް މެޑަމް ސާޖިދާ ކުރައްވާ މަސައްކަތްޕުޅަށް ތައުރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ