ސްރީލަންކާގައި އެންމެ ޒަމާނީ ފެންވަރުގެ ތެޔޮ ސާފުކުރާ ކާރުހާނާއެއް ގާއިމު ކުރުމަށް ޗައިނާ އިން 3.7 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ޗައިނާ އިން ނިންމައިފި އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ޗައިނާއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި މިއަދު އެވެ.
އަނޫރާ ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު ދެ ފަރާތުން 15 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ސްރީލަންކާގެ ރައީސްގެ މީޑިއާ ޑިވިޒަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހަމްބަންޓޯޓާގައި އެންމެ ޒަމާނީ ފެންވަރުގެ ތެޔޮ ސާފުކުރާ ކާރުހާނާއެއް ގާއިމު ކުރުމަށް ޗައިނާ އިން 3.7 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއީ މިހާތަނަށް ލަންކާގައި ގާއިމު ކުރާ އެންމެ ބޮޑު ފޮރިން އިންވެސްޓްމެންޓް ކަމަށާއި އަނޫރާގެ މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.
އެ ރިފައިނަރީގައި 200،000 ފީފާ ތެޔޮ ސާފުކުރެވޭނެ އެވެ.
ދަރަނި ދަންތޫރައެއްގެ ތެރެއިން ލަންކާގެ ހަމްބަންޓޯޓާ ބަނދަރު ޗައިނާ އިން ވަނީ 99 އަހަރަށް ކުއްޔަށް ނަގައިފަ އެވެ.
އަނޫރާ އަކީ އިދިކޮޅުގައި ހުންނެވި އިރު ހަމްބަންޓޯޓާ ބަނދަރު ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ހެދި އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ބޭފުޅެކެވެ.
މީގެ ދެ އަހަރު ކުރިން، 2022 ވަނަ އަހަރު ނިމުނު އިރު ލަންކާގެ ދަރަނި 46.9 ބިލިއަން ޑޮލަރަށް އަރަ އެވެ. އެ ދަރަނީގެ ދެބައިކުޅައެއްބަޔަކީ ޗައިނާއަށް ދަރާފައިވާ ދަރަންޏެވެ.
ލަންކާގައި ތެޔޮ ސާފުކުރާ ކާރުހާނާއެއް ގާއިމު ކުރުމަށް ޗައިނާ އިން 3.7 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ