ހިޓާޗީ "ފިނިފިނި ޕްރޮމޯ 2026" ފަށައިފި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ކުރިއަށް ގެންދާ ހިޓާޗީ އޭސީ ޕްރޮމޯޝަން ފަށައިފިއެވެ. 'ފިނި ފިނި ޕްރޮމޯ'ގެ ނަމުގައި އެސްޓީއޯއިން ކުރިއަށްގެންދާ ޕްރޮމޯޝަންގައި ހެޔޮ އަގުތަކެއްގައި ހިޓާޗީގެ އޭސީތައް ލިބިގެންދާނެއެވެ. އެ ޕްރޮމޯޝަންގައި ހިޓާޗީ އޭސީ ބައްލަވައިގަނެގެން، ކޮންމެ 1000 ރުފިޔާއަކަށް، ލަކީ ޑްރޯގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެއެވެ. އަދި ލަކީ ޑްރޯގެ ގުރުއަތުން ހޮވޭ ނަސީބުވެރި މީހަކަށް 40،000 ރުފިޔާގެ ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބޭނެއެވެ. ހިޓާޗީ ބްރޭންޑަކީ ދިވެހީންގެ ތެރޭގައި ނަން މަޝްހޫރު، ދިވެހީންގެ އިތުބާރު ލިބިފައިވާ ފެންވަރު ރަނގަޅު ބްރޭންޑެކެވެ. ވަކިން ޚާއްސަކޮށް ހިޓާޗީ އޭސީއަކީ ގިނަ ގެތަކުން ފެންނަ އުފެއްދުމެކެވެ. މިދިޔަ އަންގާރަ ދުވަހު ފެށި، ފިނި ފިނި ހިޓާޗީ ޕްރޮމޯޝަން 2026 އަންނަ ޖުލައި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެ ޕްރޮމޯޝަން، މާލެ، ހުޅުމާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކެއްގައިވެސް ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ