އެޑްވާންސް ޑިޕޮސިޓާއި ހަވާލު ނުވާ ފަރާތްތަކަުން ފައިސާ ނެގުމަށް އެސްޓީއޯއިން ފުރުސަތު ދީފި!

އެސްޓީއޯއާއެކު ވިޔަފާރި ކުރަން ފަށައި އެކި ފަރާތްތަކުން ބަހައްޓާފައިވާ ސެކިއުރިޓީ ޑިޕޮސިޓް ނަގަން އެ ކުންފުނިން ފުރުސަތެއް ދީފި އެވެ.
ރާއްޖެ އަށް އެންމެ ގިނައިން ތެލާއި ކާޑު އެތެރެކުރާ ކުންފުނި، އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން އެކި ފަރާތްތަކާ އެކު ހަދާފައިވާ ކްރެޑިޓް ފެސިލިޓީ އަދި ރެންޓް އެގްރީމެންޓްގެ ދަށުން އެ ކުންފުންޏަށް ދައްކާފައިވާ އެޑްވާންސް ޑިޕޮސިޓް ފައިސާއާއި ބައެއް ފަރާތްތަކުން ހަވާލުނުވެ ހުރި ކަމަށެވެ. އެހެންކަމުން އެޑްވާންސް ޑިޕޮސިޓްގެ ގޮތުގައި ދައްކަވާފައިވާ ފައިސާ ހަވާލު ނުވެވި ފަރާތެއް ވާނަމަ އަންނަ މަހުގެ 25 ގެ ކުރިން ރަސްމީކޮށް ސިޓީ އަކުން އެ ކުންފުންޏަށް އެންގުން އެދޭ ކަމަށެވެ.
އެސްޓީއޯ އިން އާއްމު ގޮތެއްގައި ސެކިއުރިޓީ ޑިޕޮސިޓް ނަގަނީ ކާޑު ފަދަ ބާވަތްތައް ވިއްކަން ފެށުމުގެ ގޮތުންނެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ ވިޔަފާރި ކުރާ ފަރާތް ތަކުން ވިޔަފާރި ހުއްޓާލުން ނުވަތަ އެހެން ވިޔަފާރިއެއް ކުރަން ފެށުމާއެކު ފަހުން ޑިޕޮސިޓް ގޮތުގައި ބެހެއްޓި ފައިސާ ނުނަގައި ހުރެ އެވެ.
އެސްޓީއޯއިން ވަނީ މިދިޔަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހު ކާޑުގެ ބާވަތްތަކުގެ އަގުތަށް މާލެއެކޭ އެއްއަގެއްގައި ހުރިހާ ރަށަކުން ކާޑުގެ ބާވަތްތައް ވިއްކަން ނިންމައިފަ އެވެ.
އެ ކުންފުނިން ކާޑުގެ އަގުތަކަށް ގެނައި ބަދަލާއެކު އެސްޓީއޯއިން މިހާރު ހަނޑޫ ކިލޯއެއް، ވިއްކަނީ 4.80ރ. އަށެވެ. އަދި ހަނޑޫ ބަސްތާއެއް ވިއްކަނީ 240ރ. އަށެވެ. ހަކުރު ކިލޯއެއް 4.82ރ. އަށް ވިއްކާއިރު، ހަކުރު ބަސްތާއެއް ވިއްކަނީ 241ރ. އަށެވެ. އަދި ގޮދަންފުށް ކިލޯއެއް 3.80ރ. ވިއްކާއިރު، ފުށް ބަސްތާއެއް ވިއްކަނީ 190ރ. އަށެވެ.
ކާޑު އޭޖެންޓުން މެދުވެރިކޮށް ކާޑު ވިއްކުމަށް ހަމަޖައްސާފައިވާއިރު އޭޖެންޓުން މިހާތަނަށް ހަމަޖެހި، ސަޕްލައި ކުރެވިފައިވާ ރަށްރަށުގައި އެ އަގުތަކުތަކުގައި ކާޑު ގަންނަން ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އަތޮޅުގެ ރަށްތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދެނީ، ރަށްރަށަށް ކާޑުގެ ބާވަތްތައް ގެންދިއުމަށް މަޖޫރީންނަށް ދޭން ޖެހޭ ފީ އާއި ރަށްރަށަށް ގެންދާ ކާޑުގެ ބާވަތްތަކުގެ ނާލަށްވާ ފައިސާ އެސްޓީއޯއިން ދީގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ