ބަންޑާރަނައިބު ވިދާޅުވި ގޮތުގައި މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ނިންމާފައިވާ އެންމެ މުހިންމު އެއް ބިލަކީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލެވެ. މި ބިލުގެ މަގްސަދަކީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު އެއްކުރުމާއި، ބޭނުންކުރުމުގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ނިޒާމެއް ގާއިމުކުރުމެވެ. މީގެ އިތުރުން، މައުލޫމާތު އެއްކުރާ ފަރާތްތަކުގެ ޒިންމާތަކާއި އެ ފަރާތްތައް ރެގިއުލޭޓް ކުރާނެ އުސޫލުތައް މި ބިލުން ކަނޑައެޅިގެންދާނެއެވެ.
ސިޔާސީ ދާއިރާއަށް ބަލާއިރު، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކާ ގުޅިގެން ޤާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅުވައިގެން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ބަދަލު ގެނައުމުގެ ބިލެއްވެސް ހުށަހަޅާނެއެވެ. މި ބިލުގައި މެންބަރުން ޕާޓީން ވަކިކުރާނެ އިޖުރާއަތްތައް ބަޔާންކުރާނެއެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ ބިލާއި، މަރުގެ އަދަބު ދިނުމާ ބެހޭ ޚާއްސަ ޤާނޫނެއްގެ އިތުރުން ޖޭއެސްސީ އެކުލެވިގެންވާ ގޮތާއި މަޖިލިސް މެންބަރުންގެ އަދަދާ ގުޅޭގޮތުން ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައްވެސް ހުށަހެޅުމަށް ވަނީ ތައްޔާރުވެފައެވެ.
އޭޖީ އޮފީހުން މަޖިލީހަށް 12 ބިލެއް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ