ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި ގ. ވޭރު އަބްދުލް މުހީތު (ބޮބީ)އަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ކުޑަކުއްޖާ އަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ފެބްރުއަރީ 2012ގައި، ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި ގ. ވޭރު އަބްދުލް މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދަށު ކޯޓުން ވަނީ ދެ ކުޑަކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފަ އެވެ. އެއީ ޖުވެނައިލް ކޯޓުގެ ތާރީހުގައި އިއްވި ފުރަތަމަ މަރުގެ ހުކުމެވެ.
ތަފްސީލް - އެތަނުން އެއްކުއްޖެއްގެ މައްސަލާގައި ސުޕްރީމު ކޯޓުން މިއަދު ނިންމާފައި ވަނީ ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުން މިހާރު ހުއްދަ ކުރާ ކަމަކަށް ނުވާތީ އެ އަދަބު ނުދެވޭނެ ކަމަށެވެ.
ގާތިލަކީ ކުޑަކުއްޖަކަށްވާ ނަމަ އިސްލާމީ ޝަރީއަތުގައި ވެސް ގިސޯސް ހިފުން މަނާކަން ވެސް ސުޕްރީމު ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވަނީ، އެ މައްސަލާގައި ޖުވެނައިލް ކޯޓާއި ހައިކޯޓުގެ ނިންމުން ބާތިލްކޮށް އަލުން އެ މައްސަލަ ޖުވެނައިލް ކޯޓަށް ފޮނުވުމަށެވެ.
އެނގުން މުހިންމު - މުހީތު މަރާލި މާރާމާރީ ހިންގީ ގްރޫޕަކުންނެވެ. އެއީ އޭރު 18 އަހަަރު ނުފުރޭ 3 ކުދިންނާއި އިތުރު 3 މީހެކެވެ. އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށް މައްސަލަ ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.
މުހީތަށް ދިން ހަމަލާތަކުގައި ހަށިގަނޑުގެ 20 ތަނަކަށް ވަޅިން ހަމަލާދީފައިވެ އެވެ. އަދި އޭނާގެ ބޯ ވެސް ފަޅާލާފައިވެ އެވެ.
މުހީތުގެ މަރާ ގުޅިގެން މަރަން ހުކުމް ކުރި ކުޑަކުއްޖަކު އަދަބުން ސަލާމަތްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ