އުނގޫފާރު އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި

ރ. އުނގޫފާރު ރައްޔިތުންގެ ނަމުގައި އެރަށުގައި ހިންގަމުން ދިޔަ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.މިއަދު، އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން މި ހިދުމަތްތައް ދިނުމާއި ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ. އަދި، އުނގޫފާރު ކައުންސިލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އެވެ.މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެންވަޔަރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގައި ތަރައްޤީގެ މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއް ނެތްކަމަށެވެ. އެގޮތުން މި ދައުރު ނިމޭއިރު ފެނާއި ނަރުދަމާ ނެތް ރަށެއް ނޯންނާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ."މިއަށްވުރެ ބާރު ސްޕީޑެއްގައި ތަރައްޤީގެ މަސައްކަތް ކުރަމުންދާ ޒަމާނެއް ނުފެނޭ. އެއީ ވާދަވެރި ސިޔާސީ ހަރަކާތާއެކު ލިބުނު ކުރިއެރުމެއް. މިއަދު ރަށެއް ނޯންނާނެ ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުކުރާ. 2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިިކަމާއި ހަވާލުވިއިރު 50 ވަރަކަށް ރަށުގައި ފެނާއި ނަރުދަމާ އޮތީ. މިހާރު ބާކީ ހުރި ހުރިހާ ރަށެއްގައި އެމަސައްކަތް ދަނީ ކުރިއަށް. އަންނަ އަހަރުގެ އޭޕްރީލް މެއި މަހާިއ ހަމައަށް ދާއިރު ފެނާއި ނަރުދަމާ ނެތް ރަށެއް ނޯންނާނެ" އަސްލަމް ވިދާޅުވިއެވެ.އަސްލަމް ވިދާޅުވީ އުނގޫފާރާއި ދުވާފަރާއި އިނގުރައިދޫ ދާއިރާގައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންގެންދާކަމަށެވެ. މިގޮތުން އެ 3 ދާއިރާގެ ރަށްރަށުގައި ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތާއި ތައުލީމާއި ސިއްހީ ދާއިރާ އަދި ޒުވާނުންނާއި ގުޅުންހުރި ދާއިރާތަކުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާކަން މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.އަސްލަމް ވިދާޅުވީ ރާއްޖެ އޮންނަންވީ ގޮތުގެ ތަސައްވުރެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެބައޮތްކަމަށެވެ. އެގޮތުން ރާއްޖެ ސަރަހައްދުތަކާއި ޒޯންތަކަށް ބަހާލައިގެން ފެރީ ނެޓްވޯކްތަކުން ގުޅާލަމުންދާއިރު، އެކަމުގެ ފައިދާ އެ ހިދުމަތް ފަށާފައިވާ ސަރަހައްދުތަކުގެ ރައްޔިތުންނަށް މިހާރު ފެންނަމުންދާނެކަމަށެވެ. ރ. އަތޮޅުގެ ވެރިކަން ކުރާ އުނގޫފާރުގައި މިދިޔަ 24 އަހަރު ވެސް ކަރަންޓުގެ ހިދުމަތް ދެމުންދިޔައީ އެރަށުގެ ރައްޔިތުންނެވެ. ޖުމުލަ 1،753 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގައި އެ ހިދުމަތް ދިނުމަށް އެއްވެސް ކުންފުންޏަކާ މީގެކުރިން ހަވާލުކޮށްފައެއް ނުވެ އެވެ.ފެނަކައާ އިންޖީނުގެ ހަވާލުކުރުމާ އެކު އުނގޫފާރަށް 800 ކިލޯވޮޓުގެ މުޅިން އާ ޖެނެރޭޓަރެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ."މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ހިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް އުނގޫފާރު ރައްޔިތުން ނިންމެވި ނިންމެވުމެއް،" ފެނަކަ ކޯޕަރޭޝަނުން މިކަމާ ގުޅޭގޮތުން ބުންޏެވެ.އުނގޫފާރުގައި އެ ހިދުމަތްތައް ދޭން މަސައްކަތްކުރި މުވައްޒަފުން ފެނަކައިގެ ދަށަށް ބަދަލުކުރިކަމުގެ ލިޔުން އެ މުވައްޒަފުންނާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.ރ. އަތޮޅުގެ ވެރިރަށް -- އުނގޫފާރު ކައުންސިލްގެ ރައީސް ވިދާޅުވީ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ މިހާރަށް ވުރެ ރަނގަޅު ހިދުމަތެއް ދިނުމުގައި އުއްމީދުގައި ކަމަށެވެ.އާބާދީގައި 1،753 މީހުން ހިމެނޭ އުނގޫފާރު އިންޖީނުގެއާ ފެނަކަ އިން ހަވާލުވުމަށްފަހު އެ ކުންފުނިން ވަނީ އުނގޫފާރަށް 800 ކިލޯވޮޓުގެ މުޅިން އާ ޖެނެރޭޓަރެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ