ހޯރަފުށީ ކައުންސިލްގެ ފަރާތުން އެރަށު ފުޓްސަލް ޓީމަށް ހިއްވަރުދިނުމުގެ ގޮތުން ޚާއްސަ ޑިނާއެއް ބާއްވައިފި!

ހޯރަފުށީ ކައުންސިލްގެ ފަރާތުން ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ވާދަކުރާ އެރަށުގެ ފުޓްސަލް ޓީމަށް ހިއްވަރުދިނުމުގެ ގޮތުން ރޭ މާލެގައި ޚައްސަ ޑިނާއެއް ބާއްވައިފިއެވެ. މެންހަޓަން ފިޝް މާކެޓް ރެސްޓޯރެންޓުގައި ރޭ ބޭއްވި މި ޑިނާގައި ހޯރަފުށީ ކައުންސިލްގެ މެންބަރުންނާއި އެރަށު ފުޓްސަލް ޓީމުގެ ކުޅުންތެރިންގެ އިތުރުން މެނޭޖުމަންޓުގައި ހިމެނޭ ހުރިހާ ފަރާތެއް ބައިވެރިވެފައިވެއެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ވޮއިސް އަށް މައުލޫމާތް ދެއްވަމުން ވިދާޅުވީ ކައުންސިލްގެ ފަރާތުން މިފަދަ އިވެންޓެއް އިންތިޒާމްކުރުމުގެ މަގުސަދަކީ ހޯރަފުށީ ރައްޔިތުން ތިބީ ފުޓްސަލް ޓީމާއެކުގައިކަން ހާމަކޮށްދީ ކުޅުންތެރިންނަށް ހިއްވަރުދިނުމެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ފުޓްސަލް ޓީމުގެ ކުޅުންތެރިންނާއި ވާހަކަދައްކަވަނީ
ޓީމުގެ ތައްޔާރީތަކާމެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ.. ހޯރަފުށީގެ ހުރިހާ ރައްޔިތުންގެ އުންމީދަކީވެސް މިފަހަރު ޓީމު ރަަގަޅު ކާމިޔާބެއް ހޯދުން. ޓީމަށް ކާމިޔާބު ހޯދައިދިނުމައްޓަކައި ކައުންސިލުންކުރެވެން އޮތް ކޮންމެ ކަމެއްކޮއްދޭގޮތަށް އަޅުގަނޑުމެން މިތިބީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަމުން ކައުންސިލްގެ ރައީސް ވިދާޅުވީ މުބާރާތް ކުރިއައްދާއިރު ކައުންސިލްގެ މެންބަރެއް ޓީމާއިއެކު މާލޭގައި ހަރަކާތްތެރިވާނެކަމަށެވެ.
ރަށު ކައުންސިލްގެ ފަރާތުން ހޯރަފުށީ ފުޓްސަލް ޓީމަށް ބޭއްވި ޑިނާގެ ތެރެއިން
އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް މާލެ، ހުޅުމާލެ އަދި ވިލިގިލީގައި ދިރިއުޅުއްވާ ހޯރަފުށީގެ ހުރިހާ ރައްޔިތުންވެސް ރަށު ޓީމު ކުޅޭ ދުވަސްތަކުގައި ދަނޑަށް ވަޑައިގެން ޓީމަށް ތަރުހީބުދެއްވުމަކީ، ހޯރަފުށީ ކައުންސިލް ރައީސް މުޙައްމަދު ވަޙީދު ވިދާޅުވިއެވެ.
ހޯރަފުށީ ކައުންސިލްގެ ފަރާތުން ޓީމަށް ހިއްވަރުދިނުމުގެ ގޮތުން މާލެ އައިސް ކައުންސިލްގެ މެންބަރުން ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކޮއްފައިވާތީ އެކަމައްޓަކައި ހޯރަފުށީ ފުޓްސަލް ޓީމުގެ މެނޭޖަރު އުސައިދު މޫސާ ވަނީ ކުޅުންތެރިންގެ ފަރާތުން ކައުންސިލްގެ ހުރިހާ މެންބަރުންނައް ޝުކުރު އަދާކޮއްފައެވެ.  
ރަށު ކައުންސިލްގެ ފަރާތުން ހޯރަފުށީ ފުޓްސަލް ޓީމަށް ބޭއްވި ޑިނާގެ ތެރެއިން
މި އަހަރުގެ މުބާރާތުގައި ހޯރަފުށި ހިމެނުނީ ހއ. އަތޮޅުގެ ގުރޫޕް ދޭއް ގައެވެ. މިގުރޫޕްގައި ދެން ހިމެނެނީ އުތީމް، ވަށަފަރު އަދި އިހަވަންދޫ އެވެ. ފުރަތަމް މެޗުގައި ހޯރަފުށި ފެބުރުއަރި 5 ވަނަ ދުވަހު ނުކުންނާނީ އުތީމާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ފެބުރުއަރީ 7 ވަނަ ދުވަހު އެޓީމު ނުކުންނާނީ ވަށަފަރު ފުޓްސަލް ޓީމާއި ދެކޮޅަށެވެ. އަދި ގުރޫޕް ފަހު މެޗުގައި ފެބްރުއަރީ 10 ވަނަ ދުވަހު އެޓީމު ނުކުންނާނީ އެންމެ ފަހުުގެ ހއ. އަތޮޅު މުބާރާތުގެ ޗެންޕިއަން އިހަވަންދު އާއި ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ