އިންޑިއާ އިން އޮސްކާއަށް ހީވެސްނުކުރާ ފިލްމެއް

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ 95 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފީޗަރ ފިލްމުގެ ކެޓަގަރީއަށް އިންޑިއާ އިން ހޮވާފައިވަނީ މީގެކުރިން އޮސްކާއަށް ހޮވާފާނެ ކަމަށް ހީވެސް ނުކުރާ ފިލްމެކެވެ.
އިންޑިއާ އިން އޮސްކާއަށް ފޮނުވަން ނިންމާފައި ވަނީ އެ ފިލްމެއްގެ ވާހަކަ އާންމުންގެ ތެރޭގައި މާ ބޮޑަކަށް ނުވެސް ދެކެވޭ ގުޖުރާތީ ފިލްމު ޗެލޯ ޝޯވ : ލާސްޓް ފިލްމު ޝޯވ" އެވެ. މިކަން އިއުލާންކޮށްފައިވަނީ އިންޑިއާގެ ފިލްމް ފެޑެރޭޝަން އެފް.އެފް.އައި އިންނެވެ.
އެފް.އެފް.އައިއިން މި ފިލްމު ހޮވިއިރު، ކުރިން ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ އޮސްކާއަށް އިންޑިއާ އިން ފޮނުވާނީ މި އަހަރުގެ މާރިޗުގައި ރިލީޒްކުރި ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ކަމަށެވެ. މި ފިލްމަކީ އޮސްކާއަށް އިންޑިއާ އިން ފޮނުވަން ގިނަ ބަޔަކު އެންމެ ބޮޑަށް ލޮބީކުރި ފިލްމުވެސް މެއެވެ.
ޕަން ނާލީން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި މުޅި ގައުމުގެ ސިނަމާތަކުގައި ރިލީޒްކުރާ މި ފިލްމުގައި ހިމެނެނީ ބަވިން ރަބާރީ، ބަވޭޝް ޝްރީމާލީ، ރިޗާ މީނާ، ދިޕެން ރާވަލް އަދި ޕަރޭޝް މެހެތާ އެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ޓްރައިބެކާ ފިލްމް ފެސްޓިވަލްގައި ފުރަތަމަ ފިލްމުގެ ގޮތުގައި ވޯލްޑް ޕްރިމިއާ ކުރި ފިލްމެވެ. ޕަން ނަލީން ވަނީ އެ ޚަބަރަށް ރިއެކްޓްކޮށް ޓްވިޓާގައި އުފާވެރިކަން ހިއްސާކޮށްފައެވެ.
"އާރްއާރްއާރް" ގެ އިތުރުން އޮސްކާއަށް ފޮނުވަން ހޮވާނެ ކަމަށް ބެލެވުނު ފިލްމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އާއި ވިވެކް އަގްނިހޯތުރީގެ "ދަ ކަޝްމީރު ފައިލްސް" ގެ އިތުރުން އާރް މާދްވަންގެ "ރޮކެޓްރީ" ވެސް ހިމެނެއެވެ.
މި ހުރިހާ ފިލްމުތައް ހުއްޓާވެސް "ދަ ކަޝްމީރު ފައިލްސް" އޮސްކާއަށް ހޮވުން ވެގެން ދިޔައީ ފިލްމުގެ ޑައިރެކްޓަރު ޕަން ނަލިންވެސް އެއްވެސް ވަރަކަށް އުންމީދުކުރި ކަމެއް ނޫނެވެ.
"ދަ ލާސްޓް ފިލްމު ޝޯވ" ގިނަ ބަޔަކަށް ނޭގުނު ނަމަވެސް ފިލްމަކީ ބޭރުގެ ވަރަށް ގިނަ ފިލްމު ފެސްޓިވަލްތަކުގައި މިހާތަނަށް ޕްރީމިއާކޮށްގެން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމެކެވެ.
މި ފިލްމުގައި ދައްކަނީ 9 އަހަރުގެ ކުއްޖެއްގެ ހިތުގައި ސިނަމާއަށް އޮންނަ ލޯތްބެވެ. މީގެ ކާސްޓުގައި ސަތިޝް ކޯޝިކް، ޕަތުނާ ޝުކްލާ، މާނަވް ވިޖް، ޗަންދަން ރޯއި ސަނިއާލް، ޖަތިން ގޮސްވާމީ އަދި އަނުޝްކާ ކޯޝިކް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ