މި ހަފްތާ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަދަލުތަކެއް އަންނާނެ ކަމަށް ދާދި ފަހުން ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ހަފްތާ' އިފްތިތާހު ކުރުމަށް މިރޭ ސަލްސާ ރޯޔަލްގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ މި ހަފްތާގައި ރާއްޖޭގެ ސިޔާސީ އޮއެވަރު ގަދަ ކަމަށާއި ސިޔާސީ ގިނަ ކަންތައްތަކެއް ހިނގަމުން އަންނަ ކަމަށެވެ. އަދި ދުނިޔޭގެ އަޑީގައި ހުންނަ ފަށަލަތަކުގެ މިސާލު ދެއްވަމުން އުމަރު ވިދާޅުވީ އެ ފަށަލަތަކުގެ ތެރޭގައި ހިމެނޭ ބޮޑެތި ފަށަލަ އެއް ފަށަލައާ ޖެހިގެން އަންނަ ކަހަލަ ލޮޅުންތަކެއް ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނާނެ ކަމަށެވެ. އެގޮތުން އުމަރި ސިފަކުރެއްވީ ބޮޑު ބިންހެލުމެއް ސިޔާސީ މައިދާނަށް އައިސްފާނެ ކަމަށެވެ.
"މިހަފުތާއަކީ ރާއްޖޭގެ ޓެކްޓޯނިކްސް ޕްލޭޓްސްތައް ވެސް މޫވްކުރާ ހަފުތާއެއް. ދިވެހިރާއްޖޭގެ ސިޔާސީ ޓެޓްރޯނިކް ސްލޭޝްތައް މޫވްކުރުމުން ދިވެހިރާއްޖޭގެ ސިޔާސީ މައިދާން އަލުވް ޝޭޕްކުރާނެ މިފަހަރު." އުމަރު ވިދާޅުވި އެވެ.
އުމަރު އެ އިޝާރާތް ކުރައްވަނީ، ސަރުކާރު ހިނގާ ޕާޓީ ޕީޕީއެމް ތެރޭގައި ދެބަސްވުންތަކެއް ހިނގައި ބައިބައިވެގެން ގޮސްފައިވާ މައްސަލައަށެވެ.
އެކަމައި ގުޅިގެން މިރޭ މައުމޫން ވަނީ ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތް ފައްޓަވައިފިކަން އިއުލާން ކުރައްވަ އެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށާއި ޕާޓީތެރެ ވަރަށް ބޮޑަށް ކިލަންބުވެ ޑިސިޕްލިން ގެއްލިފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ޝަރުއީ ނިޒާމަށްވެސް ފާޑު ވިދާޅުވެފައިވާ އިރު ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތުގައި މެންބަރުން ބައިވެރިވެ އެއްބާރުލުން ދޭން މައުމޫން ވަނީ ގޮވާލައިފަ އެވެ.
މި ހަފްތާގައި ރާއްޖޭގެ ސިޔާސީ މަސްރަހު މުޅިން ބަދަލުވާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ