މިސްކިތްތައް ބެލެހެއްޓުމަކީ މިހާރު ކޮންމެ ދުވަހެއްގެ މަސައްކަތެއް، ދީނީ ކަންކަމަކީ "ސެކަންޑަރީ" ކަމަކަށް ނުހަދާނަން: މޭޔަރު ޢާޒިމް
މާލެ ސިޓީގެ މިސްކިތްތަކަކީ ކޮންމެ ދުވަހަކުމެ ސާފުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ހިންގާ ތަންތަނަށް ހަދާފައިވާ ކަމަށާއި ދީނީ ކަންކަމަކީ އެންމެ އިސްކަންދޭ ކަންކަމުގެ ގޮތުގައި ދެމެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް މޭޔަރު އާދަމް ޢާޒިމް މިއަދު ވިދާޅުވެއްޖެއެވެ. މޭޔަރު ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، ކުރިން މަހަކު އެއް ފަހަރު ނުވަތަ އަހަރަކު އެއް ފަހަރު ރޯދަމަހާ ދިމާކޮށް ކުރަމުން އައި މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް، މިހާރު ވަނީ ކޮންމެ ދުވަހަކު ކުރިއަށްދާ މުހިންމު ޕްރޮސެސްއަކަށް ބަދަލުކުރެވިފައެވެ. އެ ގޮތުން، ދީނީ ކަންކަމަކީ ސެކަންޑަރީ ނުވަތަ އެހެން ދަރަޖައިގެ ކަމެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، އެއީ އެންމެ މުހިންމު އަސާސީ ކަންކަމުގެ ގޮތުގައި ކައުންސިލުން ބަލަމުންދާނެކަމުގެ ޔަގީންކަން މޭޔަރު ދެއްވިއެވެ. ރައްޔިތުންގެ ޖަޒުބާތާ ވަރަށް ބޮޑަށް ގުޅިފައިވާ މާލޭ ސަހަރާ މިސްކިތް، ބިއްގަނޑު ޖަހާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މޭޔަރުކަމާ ހަވާލުވެވަޑައިގަތް ކުރު މުއްދަތެއްގެ ތެރޭގައި އެތަން ނިންމައި ހުޅުވިކަން ފާހަގަކޮށް ޢާޒިމް ވިދާޅުވީ، ބޯކޮށް ވާރޭވެހޭ ދުވަސްވަރު މިސްކިތްތަކަށް ފެން ވަނުމުގެ ސަބަބުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތައް ވެސް މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އަލަށް އިމާރާތްކުރި އާސަހަރާ މިސްކިތް: އެ މިސްކިތުގެ މަސައްކަތް ވަނީ ނިންމާލާފައި -- އަދިވެސް ގިނަ މަސައްކަތްތަކެއް ހުރިކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ކޮންމެ ދުވަހަކު ވެސް މިފަދަ މައްސަލަތަކަށް ހައްލު ހޯދާފައިވާނެ ކަމަށެވެ. "މިއީ ހުއްޓުމެއް ނެތް ޕްރޮސެސްއެއް. މިގޮތަށް ކުރިއަށް ގެންގޮސްގެން ނޫނީ ކަންކަން ތަރުތީބެއް ނުކުރެވޭނެ،" މޭޔަރު ޢާޒިމް ވިދާޅުވިއެވެ. އާސަހަރާގެ މަސައްކަތް ކުރިއަށްދިޔައިރުގެ ފޮޓޯއެއް: އެ މިސްކިތުގެ މަސައްކަތް ލަސްވި -- މާލެ ސިޓީ ކައުންސިލުން ދަނީ މިސްކިތްތަކުގެ ފެންވަރު ރަނގަޅުކޮށް، ނަމާދުކުރަން އަންނަ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. މީގެ ކުރިން މިސްކިތްތައް މަރާމާތުކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަނީ ރަމަޟާން މަހާ ދިމާކޮށް، އަހަރަކު އެެއް ފަހަރެވެ. ނަމަވެސް، މިހާރު މިއީ ކޮންމެ ދުވަހަކު ޝެޑިއުލް ކުރެވިގެން ކުރާ މަސައްކަތެކެވެ. މާލެ ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ ހުރިހާ މިސްކިތެއް ޤަވާއިދުން މޮނިޓާކޮށް، ބޭނުންވާ ކަންތައްތައް އަވަސް ބާރު މިނުގައި ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ފާއިތުވި އަހަރު ހުޅުމާލެ، މާލެ އަދި ވިލިމާލޭގެ މިސްކިތްތަކުގެ 500 އަށްވުރެ ގިނަ މަރާމާތުގެ އެކި މަސައްކަތް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ