އިންޑޮނޭޝިޔާގެ ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ވަޤްފު ފަންޑު ތަރައްޤީކުރުމަށާއި އިމާމުންނާއި ޚަޠީބުން ތަމްރީންކުރުމަށް މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ ދިވެހިރާއްޖެއަށް ވަޑައިގަންނަވާ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އިސްލާމީ ދާއިރާއިން ދެ ޤައުމު ގުޅިގެން ކުރެވިދާނެ މުހިއްމު ކަންކަމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އޭގެތެރޭގައި އިސްލާމީ ވަޤްފު ފަންޑު ތަރައްޤީ ކުރެވޭނެ ގޮތްތަކާއި އިމާމުންނާއި ޚަޠީބުން ތަމްރީންކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ މަޝްވަރާތައް ހިމެނެއެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާބެހޭ ވަޒީރުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ އިތުރުން، އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ވަނީ އެ ވުޒާރާގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވުޒާރާއިން ކުރަމުންދާ މުހިއްމު މަސައްކަތްތަކާއި، ވުޒާރާގެ ދަށުން މަސައްކަތްކުރާ އެކި އިދާރާތަކުގެ މަސައްކަތްތަކުގެ ތަފްސީލް ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާއަށް އަރުވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގެ އިތުރުން އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ ވަނީ އިސްލާމީ މަރުކަޒާއި މާލެ ހުކުރު މިސްކިތަށްވެސް ޒިޔާރަތްކުރައްވާފައެވެ.
އިންޑޮނޭޝިޔާއާ ގުޅިގެން އިސްލާމީ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ