ގައުމަށް ހެޔޮ އެދޭނަމަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުން ގޮނޑި ދޫކޮށްލައްވަން ކުރީގެ ރައީސް ަމުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
”އަޅުގަނޑު ދަންނަވާނަން، ޕީއެންސީގެ ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތިބޭފުޅުން ރާއްޖެއަށް ހެޔޮ އެދޭނެމަ [ގޮނޑި] ދޫކޮށްލައްވާށޭ. ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ތިބޭފުޅުން ތިއްބަވައިފި ނަމަ ތިބޭފުޅުންނަށް ވާގޮތް ކައުންސިލް އިންތިހާބުގައި ވަރަށް ސާފުކޮށް ފެނިގެން އެދިޔައީ،“ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން ޓީމުތަކުން އެކަށީގެންވާ މިންވަރަކަށް މަސައްކަތް ނުކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެކަން ނުވީ ފަލްސަފާއެއް، ވިސްނުމެއް، ތަސައްވުރެއް ނެތީމަ ކަމަށާއި އުއްމީދެއް ނުދެވުނީމާ ކަމަށެވެ.
އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ ވެރިކަން ބަދަލު ނުވެދާނެކަމުގެ ކަންބޮޑުވުން ކަމަށާއި މިހާރުގެ ޕީއެންސީ ވެރިކަން ކޮންމެހެން ވެސް ބަދަލުކުރާން ޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް: ގައުމަށް ހެޔޮ އެދޭނަމަ ގޮނޑި ދޫކޮށްލާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ