އެއީ ޒުވާން ދެމަފިރިންނެވެ. އެކުގައި ނިދަން އޮށޯންނަތަނުން ފިރިމީހާގެ އަންހެން އެކުވެރިއަކު ފޯނުކުރެއެވެ. އެކަން ބޮޑުވެ ފިރިމީހާގެ ގާތުގައި އެވާހަކަ ދެއްކުމުން ބުނަނީ އެއީ އެކުވެރިއެއް ކަމަށެވެ. އޭނާއާއި ލޯބީގެ އެއްވެސް ގުޅުމެއް ނެތްކަމަށާއި އެކަމަށް ކަންބޮޑުނުވުމަށެވެ.
ނަމަވެސް އަނބިމީހާއަކަށް އެކަން ބަލައެއް ނުގަނެވުނެވެ. ގެންދިއައީ ޝަކުވާކުރަމުންނެވެ. އެކަން ބޮޑުވެ ފިރިމީހާ ސުވާލުކުރީ އަހުރެން އޭނާއާއިއެކު ގުޅުން ހިންގާކަމަށް ޝައްކުކުރަނީ ހެއްޔެވެ؟ އަނބިމީހާގެ ޖަވާބަކީ އެކުގައި ގުޅުން ހިންގަން ފުރަތަމަ ފަށަނީ އެނދަކު ނޫނެވެ. ދައްކާ ވާހަކަތަކުންނެވެ.
އަދިވެސް ބުންޏެވެ. "ނިކަން ބުނެބަލާށެވެ! އެކުގައި ނިދަން އޮށޯންނައިރަށް ފިރިހެނަކު އަހުރެންނަށް ފޯނުކުރާނަމަ ތިބާ އެކަމަށް ރުހި ޤަބޫލުވާނަން ހެއްޔެވެ؟" ފިރިމީހާއަށް ވިސްނުނީ އެހިސާބުންނެވެ. އެއިގެ ފަހުން އެކަމެއް ނުކުރެއެވެ.
މިކިޔައިދިނީ ދެމަފިރިއެއްގެ މެދުގައި ހިނގި ކަމެއްގެ ވާހަކައެވެ. މިފަދަ މައްސަލަތައް ސަމާލުކަމަށް ގެނައުމަށް ކުޅެފައި ހުންނަ ވީޑިއޯތައް ސޯޝަލް މީޑިއާއިންވެސް ފެންނާނެއެވެ. މިފަދަ ކަންކަން ހިނގަމުންދާތީއެވެ. އެކަމުން ޒަވާޖީ ހަޔާތަށް ގެއްލުން ލިބޭތީއެވެ. ދެރައީ އެފިރިމީހާ ފަދައިން ކުށްވިސްނި އިޞްލާޙްވާ ފިރިހެނުންވެސް އަދި އަންހެނުންވެސް މަދުކަމެވެ.
ވީމާ އަހުރެން ބުނާނީ ދެމަފިރިންކުރެ އެކަކަށްވެސް އަނެއް ޖިންސުގެ އެކުވެރިންނަށް ފޯނުނުކުރެވޭނެ ގަޑިތަކެއް ހުންނަން ޖެހޭނެ ކަމަށެވެ.
- އަލަފް / މިއަދުނޫސް
ދެމަފިރިންކުރެ އެކަކަށްވެސް އަނެއް ޖިންސުގެ އެކުވެރިންނަށް ފޯނުނުކުރެވޭނެ ގަޑިތަކެއް ހުންނަން ޖެހޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ